ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ސަލާމަތް ކުރުމަށް ދިއުމުން އެރަށުގައި ހަމަނުޖެހުން ހިންގި ބިދޭސީން ފުލުހުންގެ ސްޕީޑް ލޯންޗްއަށް ހަމަލަދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާއްމުވެއްޖެވެ.
މިވީޑިއޯއިން ފެންނަ ގޮތުގައި މި އެރަށުގެ ޖެޓީއާއި ކައިރި ކުރަން އުޅުނު ފުލުހުންގެ ލޯންޗަކަށް ބިދޭސީން ދަނޑިބުރިއާއި ލަޓިބުރިތަށް ހިފައިގެން ދުވެފައި ގޮސް ލޯންޗަށް އެއްޗެހި އުކާ މަންޒަރު ފެނެއެވެ. މިހަމަ ނުޖެހުމާއި ގުޅިގެން 19 ބިދޭސީއަކު ކޯޓް އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާއިރު މިވީޑިއޯއިން ފެންނަ ގޮތުގައި މިލޯންޗަށް ހަމަލަ ދިނުމުގައި 100 އަށްވުރެ ގިނަ ބިދޭސީން ބައިވެރިވެފައިވާކަން ފާހަގަވެއެވެ.
މިހަމަނުޖެހުމާ ގުޅިގެން އެންމެ ފުރަތަމަ އެ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ގޮސްފައިވަނީ ބ. އަތޮޅުގައި ހަރަކާތްތެރިވާ ފަންސާހަކަށް ފުލުހުންނެވެ. ފުލުހުން ދޯންޏެއްގައި އެރަށަށް ދިއުމުން އެދޯންޏަށް ބޮޑު ފިނޮޅާ ކައިރި ކުރެވޭ ގޮތް ނުވި އެވެ. އެއީ ބޮޑުފިނޮޅުގެ ޖެޓީ މަތީގައި ބިދޭސީން ތިބެ ދޯންޏަށް ގަލާއި ދަނގަޑު ބުރިތައް އުކަމުގެ ސަބަބުންނެވެ. މިގޮތައް ދޯންޏާ ދިމާލަށް ބިދޭސީން އެއްޗެހި އުކުމުން ދޯނީގައި ތިބި ބައެއް ފުލުހުންނަށް އަނިޔާވެ ފުލުހުންނަށް އެ ރަށަށް އެރޭގޮތް ނުވެ ދޯނި ވަނީ އަނބުރާ ގޮސްފަ އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ރަށު ގައި ބިދޭސީން އިހުތިޖާޖު ކުރަމުން ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން އެ މީހުންގެ މުސާރަ ދީފައި ނުވާ ކަމަށް ބުނެއެވެ
Bodufinolhah dhiya Fuluhun nah huras alhai bidheyseen fuluhun naai launch ah hamalaadhey video. Mi video in saafu koh ingey emme 19 meehun noon kan hama nujehun hingumugai baiverivefai vanee.Masakkaiy theringe hagguthah rakkaatheri kurumuge namuga mifadha biruveri jareemaa hingaa meehun nah hivvaru dhey faraaiy thakaai medhu rayyithun samaalu vaan jehey. Musaara nulibuneema dhaan jeheynee Employment Tribunal ah. Bodu finolhu gai hingi Terrorism amalu gai baiverivee emmen evves isthisnaa eh nethi Raajje in deport nukoffinama mifadha kankan thakuraaru vaane. Emeehun nah liben jehey musaara eh hoadhai dhinumah fahu emmen deport kurumah dhivehi sarukaarah govaalan.
Posted by Raajje News on Friday, 3 July 2020
ކޮމެންޓްސް (0)