މެންޗެސްޓަރ ސިޓީގެ ސާނޭ ގަތުމަށް ކުރަންޖެހޭ މަޝްވަރާތައް ބަޔާން މިއުނިކުގެ އިސްވެރީން ފަށައިފިއެވެ.

ޖަރުމަނުގެ ސާނޭއަކީ މިދިޔަ ޖަނަވަރީގެ  ޓްރާންސްފާގައިވެސް ބަޔާނުން ހޯދަން ބޭނުންވި ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ވިއްކާލަން ސިޓީން އޭރު ހުށަހެޅި އަގުބޮޑުވެގެން ބަޔާނުން ނިންމީ މިސީޒަނަށްފަހު ސާނޭ ގަތުމަށެވެ.

24 އަހަރުގެ ސާނޭ ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަވާނެކަމަށް ބެލެވޭއިރު ބަޔާންމިއުނިކްގެ ވެރީން އަންނަނީ ސާނޭ ގަތުމަށް އޭނާގެ އެޖެންޓާއެކު މަޝްވަރާތައް ކުރަމުންނެވެ. އަދި ސިޓީންވެސްވަނީ ސާނޭ ވާހަކަ ދެއްކުމުގެ ހުއްދަ ބަޔާނަށްދީފައެވެ.

ކޮވިޑް 19 ގެ ސަބަބުން ކުރިއަށްއޮތް ހޫނު މޫސުމުގައި ކުލަބުތަކުން ހޭދަކުރާނެ މިންވަރު މަދުވާނެކަމަށް ބެލެވޭއިރު ބަޔާނުންވެސް އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގަންނަން ނިންމާފައިވަނީ އެންމެ ގިނަވެގެން 2 ކުޅުންތެރީންކަމަށްވަނީ ބެލެވިފައެވެ.

ސާނޭ ސިޓީއާއެކު ހަދާފައިވާ ކޮންޓެކްޓް އަންނަ އަހަރަށް ހަމަވާއިރު އާއެއްބަސްވުމެއްގައި ސާނޭ ސޮއިކުރުމަކީ ދުރުކަމެއްކަމުގައިވެސް ވަނީ ބެލެވިފައެވެ.

ސަބަބަކީ ސިޓީގެ ކުޅުން މިސީޒަނުގައި ރަގަޅު ނުވުމާއި ސަސްޕެންޝަނުގެ ސަބަބުން އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުން ސިޓީއަށް ފުރުސަތު ނުލިބޭނެކަމަށް ބެލެވިފައިވުމެވެ.

ޝާލްކާއިން 2016 ވަނަ އަހަރު ސިޓީއާއިގުޅުނު ސާނޭވަނީ ސިޓީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި މޮޅުކުޅުމެއް ދައްކާފައެވެ. އަދި 2017 ގެ ސީނަޒުގައި ސިޓީ ލީގު ހޯދިއިރު އެޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީވެސް ސާނޭއެވެ.

ސާނޭއަށް ކޯޗް ގާޑިއޯލާގެ ފުރަތަމަ 11 އިން ޖާގަ ގެއްލެންފެށީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ޖެހުމާއި ރަހީމު ސްޓާލިންގ އަދި ސިލްވާގެ ފޯމް ރަގަޅުވުމުންނެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައިވީ މިކްސް ވޮލީ މުބާރާތް – ފުރަތަމަމެޗް މީދޫޓީމު ކާމިޔާބުކޮށްފި

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...

މަރަދޫ ދާއިރާ މެންބަރު ޝަރީފު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ)، ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)އިން ވަކިވެވަޑައިގެންފިއެވެ. އޭނާގެ ...

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުންރޭ ވިދާޅުވީ، އައްޑޫ ...