ކޮވިޑް19 އަށް ފަރުވާ ހޯދަމުންދަނިކޮށް މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މާސޭގެ ކުރީގެ ރައީސް ޕަފޭ ޑިއުފް މަރުވެއްޖެވެ. 68 އަހަރުގެ ޑިއުފްގެ ހާލު ސީރިއަސްވެ ސެނެގޯލްގެ ހޮސްޕިޓަލެއްގައި އެޑްމިޑްކުރީ ބުދަދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިއުފް މަރުވެފައިވަނީ އިތުރު ފަރުވާ ހޯދުމަށް  އޭނާ ފްރާންސަށް ގެންދިއުމަށް  އޭނާގެ އާއިލާއިން ތައްޔާރުވަމުން ދަނިކޮށެވެ.

ޑިއުފް މާސޭގެ ރައީސްކަމަށް ހޮވުނީ 2005 ވަނަ އަހަރުއެވެ. 4 އަހަރުވަންދެން ރައީސްގެ ގޮތުގައި ހުރިއިރު މާސޭއިންވަނީ ލީގުތައްޓަށްވެސް ވާދަކޮށްފައެވެ. ލީގުގެ ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އެޓީމްވަނީ ލީގުގެ 2 ވަނަ ދެފަހަރެއްގެ މަތިން ހޯދާފައެވެ.

ރައިސްކަމަށް އައުމުގެ ކުރީން ޑިއުފަކީ ނޫސްވެރިއެކެވެ. އަދި ކުޅުންތެރީންގެ އެޖެންޓެއްގެ ގޮތުގައިވެސް އޭނާވަނީ މަސައްކަތްކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަލަފުން މިރަމަޟާންމަހުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ

ޖަމިއްޔަތުއްސަލަފްގެ ފަރާތުން މިއަހަރުގެ ރަމަޟާންމަހުގައިވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ...

ރައީސް ޔާމީން، ޑރ.މަޖީދަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއަށް ...

މީދުން އިތުރު 5 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 5މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން މިއަދު ޕޮޒިޓިވްވެފައިވާ 5 ...