އިގިރޭސި ޕްރިމިއާލީގުގައި ރޭ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލް ބައްދަލުކުރިމެޗު ލިވަޕޫލް ކާމިޔާބުކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅެވުނު މިމެޗްފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ގޮސްފައިވަނީ ސިޓީގެ ކުޅުންތެރީންނެވެ. އެހެންނަމަވެސް މެޗްގެ 6 ވަނަ މިނިޓްގައި ލިވަޕޫލުންވަނީ ލަނޑުޖަހާ މެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ  ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.  މި ލަނޑުގެ ކުރިން ލިވަޕޫލްގެ އޭރިއާ ތެރެއިން ލިވަޕޫލްގެ ޑިފެންޑަރު އެލްގްޒާންޑާ އަރްނޯލްޑްގެ އަތުގައި ބޯޅަ ޖެހިގެން  ސިޓީގެ ކުޅުންތެރިންނާއި ކޯޗް ގާޑިއޯލާ ވަނީ ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ . އެހެންނަމަވެސް ރެފްރީވަނީ ޕްލޭ އޮން ދައްކަވާ ކުޅުން ކުރިއަށް ގެންގޮސްފައެވެ.

ފަބީނިއޯ ކާމިޔާބުކޮށް ދިން ލަނޑުން ލިވަޕޫލް ލީޑު ހޯދާފައިވަނިކޮށް އޭގެ 7 މިނިޓްފަހުން މެޗުގެ ތޭރަ ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންޑަރު އެންޑްރޫ ރޮބަޓްސަން ނެގި ހުރަހެއްގައި ފޮނުވާލި ބޯޅަ ބޮލުން ޖަހާ ގޯލްތެރެއަށް ފޮނުވާލައިގެން ސަލާހުވަނީ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްދީފައެވެ. މިލަނޑު ޖެހުމަށް ސަލާހުއަށް ބޯޅަ ލިބުނުމުގެ ކުރީން ސަލާހު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ބުނެ ސިޓީން މައްސަލަ ޖެއްސި އެވެ. އެހެންނަމަވެސް ރެފްރީ ނިންމީ އެއި ރަގަޅު ލަނޑެއްކަމަށެވެ.

2-0ގެ ލީޑަކާއެކު ލިވަޕޫލް ކުރީގައި  އޮވެ ފުރަތަމަ ހާފު ނިންމާ   ދެވަނަ ހާފުގެ ކުޅުން ފަށައިގެން 6 ވަނަ މިނިޓްގެ ތެރޭގައި  ލިވަޕޫލްގެ މިޑްފީލްޑަރު ހެންޑަސަން ނަގައިދިން ހުރަހެއްގައި ފޮނުވާލި ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން  މާނޭވަނީ ލިވަޕޫލްގެ ލީޑް 3-0 ފުޅާކޮށްދީފައެވެ.

މިމެޗްގައި ސިޓީން ކާމިޔާބުކުރި ލަނޑު  78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ  ބެރްނާޑޯ ސިލްވާއެވެ. އަދި މީގެ އިތުރަށް  މެޗުގެ 82 ވަނަ މިނެޓުގައި ސިޓީގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިގެން ދެވަނަފަހަރަށް ރޭގެ މެޗްގައި ޕެނަލްޓީ އަކަށް ސިޓީގެ ކުޅުންތެރީންނާއި ކޯޗް ގާޑިއޯލާ އަދި އޮފިޝަލުންވެސް އެޕީލްކުރިއެވެ.  ނަމަވެސް ރެފްރީ ވަނީ މިފަހަރުވެސް ޕްލޭ އޮން ދައްކަވާ ކުޅުން ކުރިއަށް ގެންގޮސްފައެވެ.

ލިވަޕޫލުން ރޭ ހޯދި މޮޅާއެކު އެޓީމަށްވަނީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން 34 ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުން ބަލިވި ސިޓީވަނީ 25 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނަ މަގާމުގައެވެ. ތާވަލުގެ ދެވަނައިގައި އޮތް ލެސްޓާ ސިޓީ އަށާއި ތިންވަނައިގައި އޮތް ޗެލްސީއަށްވެސް ލިބިފައިވަނީ 26 ޕޮއިންޓެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ...

ދިރާގުޓީވީން ޒޫމޫ އެޗްޑީ ޗެނަލް ދައްކަން ފަށައިފި

ކުޑަކުދިންނަށް ހާއްސަ ޗެނަލެއް ކަމަށްވާ “ޒޫމޫ   އެޗްޑީ ” ޗެނަލް ދިރާގު ޓީވީން ދޫކުރަންފަށައިފިއެވެ. އުމުރުން ތިން އަހަރާ ...

މީދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއަކަށް ގެއްލުންތަކެއްވެ  ދެސައިކަލް ބޭނުންނުކުރެވޭ ވަރަށް އަދައިފި

މީދޫ ގެއެއްގެ ފެންޑާގައި ބަހައްޓާފައިހުރި  ދެ ސައިކަލެއްގައި ރޯވި އަލިފާން ފެތުރި އެގޭގެ ފެންޑާގެ ސީލިންއާއި ސިޓިން ރޫމްގެ ...