ދިރާގު ފައިބާ ހިދުމަތަށް އެދޭ ފަރާތްތަކަށް ހިލޭ ރައުޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތާއި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން، އެ ކުންފުނީގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތަށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ހާމަކޮށްފައިވާ ގޮތުން، މި ޕްރޮމޯޝަންގެ ދަށުން ދިރާގު ފައިބާ ކަނެކްޝަންގެ ހިދުމަތަށް އެދޭ ފަރާތްތަަކަށް ފައިބާ ގުޅައިދިނުމާއި ރައުޓާ ހިލޭ ދޫކޫރެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށް ދިރާގުން ހާމަކޮށްފައިވެއެވެ.

advertisement

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ރާއްޖެއަށް މޯބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ފުރަތަމަ ތައާރަފު ކުރި ކުންފުނި ދިރާގުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ދޭ ހިދުމަތް ވީހާވެސް ފުޅާކޮށް ފުރިހަމަކޮށް ފޯރުކޮށްދިިނުމަށެވެ. މޯބައިލް ބްރޯޑް ބޭންޑުގެ ހިދުމަތް ވެސް ރާއްޖޭގެ ހުރިހާ ރަށަކަށާއި ރިސޯޓުތަކަށްވެސް ދިރާގުން ފޯރުކޮށްދެން ވަނީ ފަށާފައެވެ.

ހައި ސްޕީޑް ބްރޯޑްބޭންޑު އިންޓަނެޓްގެ ހިދުމަތް ދިނުމަށް ދިރާގުން އެޅި ފުރަތަމަ ފިޔަވަޅަކީ ސަބްމެރިން ކޭބަލް އެޅުމެވެ. އެގޮތުން ހއ އިން ފެށިގެން އައްޑުއާ ހަމައަށް ސަބްމެރިން ކޭބަލް ވިއުގަ ވަނީ ދަމާލެވިފައެވެ. ދިރާގުން މިހާރު އެއް ރަށުން އަނެއް ރަށަށް މުއާސަލާތް ކުރަމުން މިގެންދަނީ، ރާއްޖޭގެ އެންމެ އުތުރުން އެންމެ ދެކުނަށް، ކަނޑުގެ އަޑިން ގުޅާލާފައިވާ 1253 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ކޭބަލް ވިއުގައަކުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑަގަތުމަށް ނިންމަވައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމަވައިފި ...

ތަފާތު ގިނަބާވަތްތަކުގެ ކޮސްމެޓިކްސްއާއި ހެދުން ލިބޭ ” ޒެއިސް އެވެނިއު” ގެ ފިހާރައެއް ހުޅުދޫގައި ހުޅުވައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ” ޒެއިސް އެވެނިއު”  ގެ ނަމުގައި ހުޅުދޫގައި ދާދިފަހުން ހުޅުވި ފިހާރަ ...

މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވީ ދެމީހުން

އިތުރު ދެމީހަކު ހުޅުދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ...