ސިޔާކަޕްގެ ފުރަތަމަމެޗް ކާމިޔާބުކުރީ ފޭދޫ އެފްސީ ދެވަނަމެޗް ކާމިޔާބުކުރީ ޕޮލިސްޓީމް

ސިޔާކަޕް 2019 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަމެޗް ފޭދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. ފޭދޫ އެފްސީ މިމެޗް ކާމިޔާބުކުރީ ހިތަދޫ ކްލަބް ރިވެރިންއާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

ފޭދޫ އެފްސީގެ ކުޅުން ކްލަބް ރިވެރިންނއަށްވުރެ  ވަރުގަދަކަމަށް ދެއްކި މިމެޗްގައި  ފޭދޫ އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ އަލީ ނާފިއު ( ކަޅޭ ) އެވެ.

މިމެޗްގެ މޮޅުންތެރިއަކަށް ހޮވިފައިވަނީ ފޭދޫޓީމްގެ އަލީ ނާފިއުއެވެ.

މިމުބާރާތުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ހުޅުމީދޫ ޕޮލިސްއާއި ގައުމު ޖޭއާރު ބައްދަލުކޮށް ކުޅުނުމެޗެވެ.  މިމެޗު 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ހުޅުމީދޫ ޕޮލިސްޓީމެވެ. މިމެޗްގައި ޕޮލިސް ޓީމުން ކާމިޔާބުކުރި ލަނޑު އަހުމަދު ހިޝާން ކާމިޔާބުކޮށްދީފައިވާއިރު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އަހުމަދު ހިޝާންއެވެ.

މިމުބާރާތުގައި ޖުމްލަ ހަ ޓީމުން ބައިވެރިވެފައިވާއިރު ގުރޫޕް އޭ ގައި ހިމެނޭ ޓީމްތަކަކީ ފޭދޫ އެފްސީ، ހިތަދޫ ކްލަބް ރިވެރިން އެފްސީ އަދި މީދޫ އެފްސީ ބާކީ އެވެ. ގުރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ހުޅުމީދޫ ޕޮލިސް، މީދޫ ގައުމު އެފްސީ އަދި މީދޫ ގައުމު ޖޭއާރްއެވެ.

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ ރަނަރއަޕް ޓީމަކަށް 3000 ރުފިޔާ ހުށަހަޅާފައިވާ  މިމުބާރާތަކީ މީދޫ ޒުވާނުންގެ މެދުގައި ފުޓްބޯޅަ ކުރިއެރުވުމަށާ މީދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދިހިކޮށް، ޒުވާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމާއެކު އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމުގެ މަގްސަދުގައި ބޭއްވޭ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް

މިހާރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގެ ފައިނަލަށް ޔުނައިޓެޑް ...

ޓީ.އެފް.ޖީގެ ސްޕޯޓްސް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީ.އެފް.ޖީ) ގެ ސްޕޯޓްސް ...

ކެނެރީފް ބަލިކޮށް ޑީކޭ ސެމީއަށް – މިމެޗްގައި ހެޓްރިކްހެދީ މައުޝޫ – މޮޅުކުޅުންތެރިޔާގެ މަގާމު އަސްވާދަށް

މިހާރު ސ. ހުޅުދޫގައި ކުރިއަށްދާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ މިނިވަންކަޕް ފުޓްސަލް މުބާރާތުގައި މިރޭ ކުޅެވުނު ...