ފެނަކައަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 7 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ފެނަކަ ހުރިހާ ބްރާންޗެއްގައި ކުރިޔަށް ގެންގޮސްފިއެވެ.

މި ގޮތުން މިޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތު ފެނަކަ ހުޅުމީދޫ ބްރާޗުގައިވެސްވަނީ ކުރިޔަށް ގެންގޮސްފައެވެ.

އިއްޔެ ހެނދު ފެނަކަ ހުޅުމީދޫ ބްރާންޗްގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފެނަކަ ހުޅުމީދޫ ބްރާންޗްގެ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވުނުކަމުގައި ވިޔަސް މިރަސްމިއްޔާތުގައި އެބްރާންޗްގެ ބައެއް މުވައްޒަފުން ބައިވެރި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

މި ޚާއްޞަ ދިދަނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނަންގަވާ ދެއްވީ ހުޅުމީދޫ ބްރާންޗްގައި ވަޒީފާ އަދާކުރާތާ އެންމެ ގިނަ ދުވަސްވެފައިވާ 2 މުވައްޒަފުންކަމުގައިވާ  އައިޝަތު މުހައްމަދުއާއި މުހައްމަދު ވަހީދެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ދުވަހާއި ގުޅިގެން ޚާއްޞަ ދުޢާއެއްވެސް ކިޔާފައިވެއެވެ.  ދުޢާ ކިޔައިދެއްވީ އަލްގާރީ އަލީ ނަސީރެވެ.

މި ޚާއްޞަ ރަސްމިއްޔާތު ނިމިގެންދިޔައީ ފެނަކައިގެ 7 ވަނަ އަހަރީދުވަހާއި ގުޅުވައިގެން ތައްޔާރުކޮށްފައިވާ ޚާއްސަ ކޭކެއް ފެޅުމުގެ ރަސްމިއްޔާތު ބޭއްވުމަށްފަހުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަމާއި ސައުތު އެފްރިކާ ދަތުރުތައް – އިޤްތިޞާދީ ކުރިއެރުމާއި ވަޒީފާގެ ފުރުޞަތުތައް

އައްޑޫ ސިޓީގެ ގަމާއި ސައުތު އެފްރިކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމުން އިޤްތިޞާދީ ގޮތުން އައްޑޫ ސިޓީއަށް ބޮޑެތި ...

ހިތަދޫއާއި ފޭދޫ ގަދަ ހިފުމަކަށް

މިހާރު މީދޫގައި ހިގަމުންދާ 20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް ކަޕް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ...

އައްޑޫ ސިޓީއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި

ތިލަފުށިން ފުރައިގެން ސ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް މުދާ ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރައް އަރައިފިއެވެ. އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ...