ޕޮލިސް ކަޕް 2019 ގެ ފައިނަލުން ރެފިއުޖީ ޖާގަ ހޯދައިފިއެވެ.

ޕޮލިސް ކަޕްގައި ވާދަކުރާ އެންމެ މޮޅު ޓީމްކަމުގައި ބެލެވޭ ރެފިއުޖީ މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އާދިއްތަ ދުވަހުގެރޭ ޕޮލިސް ދަނޑުގައި ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޕޮލިސްޓީމާ ވާދަކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގައިވެސް ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު ރެފިއުޖީއަށް މިމުބާރާތުގެ ފައިނަލުން ޖާގަލިބުނީ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައި ނެތުމުގެ ސަބަބުން މެޗުން މޮޅުވާ ޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހި ޖެހުމުގައި 2-0 އިން  މޮޅުވެގެންނެވެ.

މިމެޗްގައި ރެފިއުޖީން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކާމިޔާބުކުރެވުނީ އިންމެއާއި ނެކްރޯ ޖެހި ޕެނަލްޓީއެވެ. މައުޝޫގުއާއި ލިރު ޖެހިޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

ޕޮލިސްޓީމުން ޕެނަލްޓީޖަހާފައިވަނީ ރައްޕީ ، ޝަރަފް ، ޕިންޑޭ އަދި ޝިއްޕޭއެވެ.

ރެފިއުޖީއާއި ކެނެރީފް ބައްދަލުކުރާ ފައިނަލްމެޗްގެ ކުޅުން އޮންނާނީ ހޯމަ ދުވަހުގެރޭ 9:00 ގައި ޕޮލިސް ދަނޑުގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާކަޕް 2019 : ގައުމު ޖޭއާރު 13 ލަނޑުގެ ބޮޑުތަފާތަކުން ބަލިކޮށް ފޭދޫ އެފްސީ ފައިނަލަށް

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗް ބޮޑު ތަފާތަކުން ކާމިޔާބުކޮށް ފޭދޫ އެފްސީ ފައިނަލަށް ދަތުރުކޮށްފި އެވެ. މީދޫ ...

ޕެނަލްޓީގައި ޒެފިޔާ ބަލިކޮށް ސަންއޮފްލޮންސް ސެމީ އަށް

ގައުމު ސްޓްރީޓްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގެ 3 ވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން 2-0 އިން ...

ފޮޓޯ : ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މުދައްރިސުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި 2020 ވަނައަހަރު ހުޅުދޫ ސްކޫލާއި ...