ޕޮލިސްކަޕް 2019 ގެ ފައިނަލަށް ކެނެރީފް ދަތުރުކޮށްފި

ޕޮލިސްކަޕް 2019 ގެ ފައިނަލަށް ކެނެރީފް ދަތުރުކޮށްފި އެވެ

ކެނެރީފު މިމުބާރާތުގެ ފައިނަލަށް ހޮވުނީ ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރަދާސް ޔުނައިޓެޑާއި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްލަނޑު އެއް ލަނޑުން އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރުމަށް ފެނަލްޓީ ޖެހި ޖެހުމުގައި  ބްރަދާސް ޔުނައިޓެޑްގެ  މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ.

މިމެޗްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ ބްރަދާސް ޔުނައިޓެޑުންނެވެ. ފުރަތަމަ ހާފްގައި އެޓީމުން ކާމިޔާބުކުރި ލަނޑު ރަޔަން ކާމިޔާބުކޮށްދީފައިވާއިރު  ކެނެރީފަށް ނަތީޖާ ހަމަހަމަކުރެވުނު  ލަނޑު ދެވަނަ ހާފްގެ ތެރޭގައި ކާމިޔާބުކުރެވިފައިވަނީ ބްރަދާސް ޔުނައިޓެޑް ފަހަތަށް ކުޅުނު ފަރުހާދަށް ހެދުނު ވަރަށް ބޮޑު މިސްޓޭކެއްގެ ސަބަބުންނެވެ. އެއީ އެޓީމުގެ އެހެން ކުޅުންތެރިއަކު ފަރުހާދަށް ޖައްސާލި ބޯޅަ ފަރުހާދުއަށް ކޮންޓޯލްނުކުރެވިގެންގޮސް އެބޯޅަ ގޯލްތެރެއަށް ވަދެގެންނެވެ.

މި މެޗްގެ ނަތީޖާ 1-1 އަށް އެއްވަރުވެފައި ވަނިކޮށް ބްރަދާސް ޔުނައިޓެޑަށް މެޗްގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ދެ ޕެނަލްޓީ ލިބުނެވެ. އެހެން ނަމަވެސް  އެޓީމުގެ ރަޔަންޖެހި މިދެޕެނަލްޓީވެސް ކާމިޔާބުނުކުރެވުނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމް އެއްވަރުވެފައި އޮތުމުން މޮޅުވާޓީމެއް ކަނޑައެޅުމަށް ޕެނަލްޓީ ޖެހި ޖެހުމުގައި ބްރަދާސް ޔުނައިޓެޑުން ޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ކެނެރީފުން ޖެހި ފަސްޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ އެޓީމުގެ ހަސަން ޖެހި ޕެނަލްޓީއެވެ.

ބްރަދާސް ޔުނައިޓެޑުން ޕެނަލްޓީޖެހި ފަސް ކުޅުންތެރީންނަކީ ރަޔަން ، ރަންމު ، ސާދު ، ފަރާ އަދި ގައިއިއްޓޭއެވެ.

ކެނެރީފުން ޖެހިފަސް ޕެނަލްޓީ ޖަހާފައިވަނީ މުންސިފް ، ޝަޖޫއު ، ޖައުޝަން ، ރިޔާޝް އަދި ހަސަންއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލުފުށީ ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ތ. ވިލުފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ...

އިގިރޭސި ޕްރިމިއާލީގު : އާސެނަލްއާއި ސީޓި ވެސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުން އާއި އާސެނަލް ބައްދަލުކުރިމެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.  އާސެނަލް މިމެޗް ކާމިޔާބުކުރީ 2 ...

މިނިވަން ކަޕް ފުޓްސަލް މުބާރާތް

މިފަހަކަށް އައިސް ހުޅުދޫގައި ބާއްވާ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ މިނިވަންކަޕްގެ ނަމުގައި ...