ޝަރަފުއްދީން ބަލިކޮށްއިރުޝާދިއްޔާ ޗެމްޕިއަންކަން ހޯދައިފި

ހިތަދޫ ޝަރަފުއްދީން ސްކޫލް ބަލިކޮށް މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން މަރަދޫ އިރުޝާދިއްޔާ ސްކޫލް ހޯދައިފިއެވެ.

މިއަދު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމުބާރާތުގެ ފައިނަލްމެޗްގައި ޝަރަފުއްދީން ބަލިކޮށް އިރުޝާދިއްޔާ ޗްމެޕިއަންކަންހޯދީ ފައިނަލްމެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްލަނޑު އެއްލަނޑުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީޖަހައިގެން 6-4 ގެ ނަތީޖާއަކުން މޮޅުވެގެންވެ.

ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިގެން މެޗްގެ 47 ވަނަ މިނިޓްގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ އިރުޝާދިއްޔާ ސްކޫލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ތަމާމު ޝާހިދުއެވެ. ޝަރަފުއްދީން ސްކޫލުން މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 60 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އާލަމްއެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން ޕެނަލްޓީޖަހައިގެން އިރުޝާދިއްޔާ މޮޅުވެ ޗެމްޕިއަންކަން ހޯދާފައިވަނީ 6-4 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް ކުޅުނު މެޗްތަކުގައި މިދެޓީމް ބައްދަލުކުރި މެޗްވެސް 7 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން ކާމިޔާބުކޮށްފައިވަނީ އިރުޝާދިއްޔާ ސްކޫލެވެ.

އިރުޝާދިއްޔާއަށް ޕެނަލްޓީ ކާމިޔާބުކޮށް ދިން ކުޅުންތެރީން

  • ހަސަން ޒައިދަން މުހައްމަދު
  • މުހައްމަދު ތަމާމު ޝާހިދު
  • އަބްދުއްލާ ލައުސަން
  • އިސްމާއީލް ސިއާން ފަތުހީ
  • މުހައްމަދު އަނޫފު

ޝަރަފުއްދީން ސްކޫލަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރީން

  • މުހައްމަދު ޝައްފާން
  • ޔޫސުފް މުހައްމަދު
  • ހަސަން ޖައިޝަމް

ޕެނަލްޓީޖަހާ ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތުވަނީ ބޭއްވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި

މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި އެވެ. ތަފްސީލް އަންނަނީ

ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފި

އިންޓަރނޭޝަނަލް ނުވަ މުބާރާތާއެކު މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފިއެވެ. އިންޓަރނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި މާރޗްމަހު ރާއްޖޭގައި ބާއްވާ 19 ...

ފައިގަ ތަޅާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހުޅުދޫ އަވަށު އޮފީސްޓީމު ހޯދައިފި

” ފައިގަތަޅާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ. މިމުބާރާތަކީވެސް އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ...