އައްޑޫމީދޫ ދާއިރާގެ ރަށްޔިތުންނަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފި

Advertisement

2014 ވަނަ އަހަރު އޮޕޮޒިޝަން މެމްބަރެއްގެ ގޮތައް މަޖިލިހަށް ކުރިމަތިލައިގެން އައްޑޫމީދޫ ދާއިރާގެ މެމްބަރުން ރޮޒެއިނާއަށް އިތުބާރުކޮށް މީދޫ ދާއިރާގެ ގޮޑި ރޮޒެއިނާއާއި ހަވާލްކުރިކަމަށްޓަކައި އައްޑޫ މީދޫދާއިރާގެ ރަށްޔިތުންނަށް ރޮޒެއިނާ ޝުކުރު އަދާކުރައްވައިފިއެވެ .

އައްޑޫމީދޫ ދާއިރާގެ ރަށްޔިތުންނަށް ރޮޒެއިނާ ޝުކުރުއަދާކުރެއްވީ އިއްޔެ ޕީއެސްއެމްއިން ކުރިއަށްގެންދިޔަ މީދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮޕޮޒިޝަން މެމްބަރެއްގެ ގޮތައް މަޖިލިހަށް ކުރިމަތިލައިގެން އައްޑޫމީދޫ ދާއިރާގެ މެމްބަރުން ރޮޒައިނާއަށް  އިތުބާރުކޮށް މީދޫދާއިރާގެ ގޮޑި ރޮޒޭނާއާއި ހަވާލްކުރިކަމަށްޓަކައި ދާއިރާގެ ރަށްޔިތުންނަށް ޝުކުރު އަދާކުރައްވާކަމަށްވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ  އެބޭފުޅާގެ  ގާބިލިއްޔަތުކަން ތަންދިން އެންމެ ފުޅާ މިނެއްގައި އޮޕޮޒިޝަން މެމްބަރެއްގެ ދައުރު ވޭތުވެދިޔަ ފަސްއަހަރު އަދާކޮށްފައިވާނެކަމަށެވެ. މިގޮތުން ސަރުކާރު ޖަވާބްދާރީ ކުރުވާފައިވާނޭކަމަށާ  ސަރުކާރުން ގޯސްކޮށް ކުރަމުން ދިޔަ ކަންތައްތައް  ދާއިރާގެ ބޭފުޅުންނާއި ކަމާބެހޭ ފަރާތްތަކާއި ހަމައަށް ގެންގޮސްދީފައިވާނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

” އަޅުގަޑުވާނީ ދާއިރާގެ ރަށްޔިތުންގެ އިހުސާސްތަކާއި އެއްގޮތައް ދާއިރާއަށް ބޭނުންވާކަންތައްތަކުގެ ވާހަކަ މަޖިލިހުގެ ތެރޭގައި ބަހުސްކޮށްފައި . ސަރުކާރުން މިދާއިރާއަށް ކަންކަންކޮށްނުދިނީ ” ރޮޒެއިނާ ވިދާޅުވިއެވެ.

ފޮޓޯ: ޕީއެސްއެމް

އަޅުގަޑު ތިޔަބޭފުޅުންގެ ކުރިމައްޗަށް މިއަދު  މިނިކުންނަނީ ސަރުކާރުގެ ކެނޑިޑޭޓެއްގެ ގޮތުގައިކަމަށާ  އިރާދަކުރެއްވިއްޔާ މިވެރިކަމުގައި އައްޑޫމީދޫ ދާއިރާގެ ރަށްޔިތުންނަށް ބޭނުންވެފައިވާ ތަރައްގީ އަޅުގަޑާއެކީގައި ތިބޭފުޅުން މަސައްކަތްކޮށްދެއްވައިފިނަމަ ގެނެސް ދެވޭނެކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

”  އެމްޑީޕީ ސަރުކާރަކީ އަބަދުވެސް އައްޑޫގެ ތަރައްގީއަށް މަސައްކަތްކޮށްދޭން ބޭނުންވާ ސަރުކާރެއް . އެހެންކަމުން މިފުރުސަތު އަޅުގަޑަށް ދެއްވުމަށް ތިޔަބޭފުޅުންގެ އަރިހުން  ވަރަށް އިޚުލާސްތެރިކަމާ އެކީގައި މިއެދެނީ .މިދިޔަ ފަސްއަހަރާ ތަފާތުކޮށް މިފަސްއަހަރު ކަންކަން ވެގެންދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ . އަޅުގަޑު ތިޔަބޭފުޅުންނަށް ތަފާތު ދައްކާނަން . ތިޔަބޭފުޅުންނަނަށް ތަފާތު ފެންނާނެ ” ރޮޒެއިނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. ”އަހުރެން މިއަދު 21 ...

ފުޑް ސެކިއުރިޓީ ގެ ބާބު

އަހަރެން މާލެ ހިޖުރަ ކުރިތާ ތިރީސް އަހަރަށްވުރެ ގިނަވީއެވެ. ޅަ ދުވަސްވަރު އަމިއްލަ ވަޒަން ދޫކޮށް، ރަޙުމަތްތެރިންނާއި ސަކަރާތް ...

ކޯވިޑް-19 : ރާއްޖޭގެ އެތެރޭގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފި

މާލެ ސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް މޯލްޑިވިއަންއިން މެދުކަނޑާލައިފިއެވެ. ޤައުމީ އެއަރލައިން ‘މޯލްޑިވިއަން’ ...