ރޮނާލްޑޯގެ ހެޓްރިކަކާ އެކު އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ޔުވެންޓަސް ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައި ވަނީ 3 ލަނޑު 0ލަނޑު ގެ ނަތީޖާ އަކުންނެވެ.
ފުރަތަމަ ލެގުގައި 2 ލަނޑު 0 ލަނޑުގެ ނަތީޖާ އަކުން ޔުވެންޓަސް ބަލިވި ނަމަވެސް ރޭގެ މެޗުން ލިބުނު މޮޅާ އެކު އެ ޓީމު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި ވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.
ރޭގެ މެޗްގެ ފުރަތަމަ ހާފު ނިމިފައިވަނީ 1 -0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ހާފްގައި ޔުވެންޓާސްއިން ކާމިޔާބުކުރި ލަނޑު 27 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީނީ ރޮނާލްޑޯއެވެ.
ދެވަނަ ހާފު ފެށިގެން 3 ވަނަ މިނިޓްގެ ތެރޭގައި ރޮނާލްޑޯ ރޭގެ މެޗްގެ 2 ވަނަ ލަނޑު ކާމިޔާބުކޮށް ދެމެޗްގެ އެގްރިގޭޓް 2-2 ގެ ނަތީޖާ އަކުން އެއްވަރު ކޮށްދިނެވެ.
ޔުވެންޓަސް އަށް ކުއާޓާފައިނަލްގެ ޖާގަ ޔަގީން ކުރެވުނީ މެޗް ނިމެންދަނިކޮށް އެތުލެޓިކޯގެ އޭރިއާ ތެރެއިން ޔުވެންޓަސްގެ ކުޅުންތެރިޔަކަށް އެތުލެޓިކޯގެ ކުޅުންތެރިއަކު ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ދެއްވި ޕެނަލްޓީ އެއްގެ ސަބަބުންނެވެ.
ޔުވެންޓާސްއަށް ރެފްރީ ދެއްވި މިޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރޮނާލްޑޯ މިމެޗްގައި ހެޓްރިކް ހަދާ ޔުވެންޓަސް އަށް ކުއާޓާފައިނަލްގެ ޖާގަ ޔަގީން ކޮށްދިނެވެ.
ރޮނާލްޑޯގެ މި ހެޓްރިކާއެކު އޭނަ ވަނީ އޭނާއާ އެންމެ ވާދަވެރި މެސީއާ ހެޓްރިކް ރެކޯޑްގެ ގޮތުން ހަމަހަމަ ވެފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ޗެމްޕިއަންސް ލީގުގައި އަށް ފަހަރު ހެޓްރިކް ހަދާފައި ވެއެވެ.
ކޮމެންޓްސް (0)