ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.

މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ރައީސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވުމުން އެއާޕޯޓުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެ ކޮޅު ރާސްތްރަޕަތީ ބަވަން ގައި އެވެ.

މި ދަތުރުފުޅުގައި މިއަދު ހަވީރު އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ އިންޑިއާގެ ވިޔަފާރިވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާނެ އެވެ. އިންޑިއާ ސަރުކާރާއި އެކު ބާއްވަވާ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ އެވެ.

އެގޮތުން މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނެ އެވެ.. އަދި އިންޑިއާގެ ރައީސާ ވެސް މާދަމާ ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހު މި ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ މި ދަތުރުފުޅުގައި އަބަދުވެސ އިންޑިއާއިނަ ރާއްޖެއަށް އެހީތެރިކަން ދޭ ދާއިރާތައް ކަމަށްވާ ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަންކީޕޮކްސްއަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހަކު، އެކަހެރިކޮށް ޓެސްޓުކުރަނީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު،ރާއްޖެއިން ފެނި އެމީހާ އެކަހެރިކޮށް ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަވެއްޖެވެ. ...

ރާއްޖެ ސަރަހައްދުން ނުރައްކާތެރި ބޯވައެއް، ސަމާލުވޭ!

ރާއްޖެއިން އާންމުކޮށް ފެންނަ ކަމަށް ފާހަގަކުރެވިފައި ނެތް ނުރައްކާތެރި ވިހަ މާއްދާއެއް ހިމެނޭ ބޯވައެއް ކަމަށްވާ “ބްލޫރިންގްޑް އޮކްޓްޕަސް” ...

އައްޑޫއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ އެއަރޕޯޓް ތަރައްޤީ ނުވެ އޮތުމުން: ފައްޔާޟު

އައްޑޫ ސިޓީގެ ތަރައްޤީއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ ފާއިތުވެދިޔަ ދިގު މާޒީގައިވެސް އެއަރޕޯޓް ތަރައްޤީ ނުވެ އޮތުމުން ...