މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވޭ – ރައީސް

މާލޭ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 160 އާއިލާއަކުން އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަލާފާނު ސްކޫލުގައި ޤާއިމުކޮށްފައިވާ ސެންޓަރަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ރައީސް ޞާލިޙު ވިދާޅުވީ، މިއަދަކީ ފަހުގެ ތާރީޚެއްގައި މާލެއަށް އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑު ކުރެވިފައިވާ ދުވަސްކަމަށެވެ. އެގޮތުން 149 މިލި މީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާއިރު، ބައެއް ސަރަޙައްދުތަކުގައި 6 އިންޗިއަށް ފެންބޮޑުވެފައިވާކަމަށެވެ. އަދި މާލޭ ސިޓީއަށް ބޯކޮށްވާރޭވެހި، ހިނގި ފެންބޮޑުވުމުގެ ޙާދިސާގައި މިހާތަނަށް 160 އާއިލާއަކަށް އަސަރުކޮށްގެން އެހީއަށް އެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

( ފޮޓޯ: މިހާރު ( މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލްންތަކެއްވަނީ ލިބިފައި

ފެން ހިންދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، މި މަސައްކަތް ކުރުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގައި ފެން ހިއްކުމަށް ޤާއިމުކޮށްފައިވާ މެކޭނިކަލް ޕަމްޕުތައް ހަލާކުވެފައި ހުރުމުން ކަމަށެވެ. އަދި އެކަމަށް ކަމާބެހޭ ފަރާތްތަކުން ވަގުތުން އެޓެންޑްވެ، މާލޭގެ 14 ސަރަޙައްދެއްގައި ފެން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާނަމަ، ކުރިއަށް އޮތް 2 ގަޑިއިރުގެ ތެރޭގައި މާލެއަށް ވާރޭ ނުވެހޭނަމަ، މަގުތަކުން ފެން ހިއްދުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

ރައީސް ވިދާޅުވީ، މިރެއާއި ދަންވަރުގެ ވަގުތުތަކުގައިވެސް މާލޭ ސަރަޙައްދަށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާއިރު، މިކަމަށް ދުރާލާ ތައްޔާރުވެ ތިބުން މުހިއްމުކަމަށާއި، މި ޙަދިސާއިން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކާ ދަޢުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވަނީ ފެން ހިއްކުމުގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ކަޅުތުއްކަލާ ކޮށްޓަށް ޒިޔާރަތްކުރައްވާފައެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ކޯރޑިނޭޝަން ސެންޓަރަށާއި، ހާލުގައިޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދޭ މަރުކަޒު ޤާއިމްކޮށްފައިވާ ކަލާފާނު ސްކޫލަށްވެސް ރައީސް ޞާލިހު ޒިޔާރަތްކުރައްވާފައިވެއެވެ. ރައީސްގެ އަރިހުގައި ހޯމް މިނިސްޓަރ، ޑިފެންސް މިނިސްޓަރ، ހެލްތު މިނިސްޓަރ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޭ ދަންވަރު ގަދަވަޔާއެކު ކުރިވިއްސާރައިގައި މީދުއަށް ލިބުނު ގެއްލުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓަކުން ފެނިވަޑައިގަންނަވަނީ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއަށް ލިބިފައިވާ ...

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ޝަރަފުގައި ...

ޖެންޑާ މިނިސްޓަރު ޝިދާތާ މަޤާމުން ވަކިކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި

ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މަޤާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ. ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ...