މީދޫގައި މިވަގުތު ތިބި ވޮލީ ކުޅޭ ބައެއް ކުޅުންތެރީން އިސްނަގައިގެން ” ވޮލީމުބާރާތް އައިއެސްއޭ 2018 ” ގެ ނަމުގައި ވޮލީ މުބާރާތެއް މީދޫގައި ފަށައިފިއެވެ.

މީދޫ އިޖްތިމާއީ މަރުކަޒުގައި މިމަހުގެ 3 ވަނަ ދުވަހުގެރޭ ފެށުނު މިމުބާރާތުގެ ފުރަތަމަމެޗްގައި ބައްދަލުކުރީ ޓީމް އަފިރިން އަދި ޓީމް ލެއްޗޭއެވެ. މިމެޗް ސީދާ 3 ސެޓުން ކާމިޔާބުކުރީ ޓީމް ލެއްޗޭއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް  ހޮވިފައިވާ ޓީމްލެއްޗޭގެ ސެޓަރު ޝަހީމު ޓްރޮފީ ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރިމެހްމާނު އަލީ ވާފިރެވެ.

ޓީމް ވިސްވިސް

މިމުބަރާތުގައި ރޭ ކުޅެނު މެޗްގައި ބައްދަލުކުރީ ޓީމް ވިސްވިސްއާއި ޓޫސިސްޓާއެވެ.

ރެފްރީގެ ނިންމުންތަކާއި ވަރަށްބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންދިޔަ ޓޫސިސްޓާ އާއި ވާދަކޮށް ރޭގެމެޗް 3 ސެޓް އެއްސެޓުން ކާމިޔާބުކުރީ ވިސްވިސްއެވެ.

ރޭ ކުޅެވުނު މިމެޗުގެ 3 ވަނަ ސެޓްގައި ރެފްރީވަނީ ޓޫސިސްޓަރގެ އަބްދުﷲ ޖަމާލު ބެންޗުން ފޮނުވާލާފައެވެ.

ޓީމް އަފިރިން

ރޭ ކުޅެވުނު މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ނާކާއަށް  މުބާރާތް އިންތިޒާމްކުރާ ފަރާތުން ހުށަހަޅާފައިވާ ޓްރޮފީ ނާކާއާއި ހަވާލްކޮށްދެއްވީ ރޭގެމެޗްގެ ޝަރަފްވެރިމެޗްމާނު ޗޭނު ޖަމްއިއްޔާގެ ވައިސް ޕްރެޒިޑެންޓް ރަޝީދާއެވެ.

4 ޓީމް ބައިވެރިވެފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެޓީމެއް ކޮންމެޓީމަކާ ބައްދަލުކޮށް ޕޮއިންޓްގެ ގޮތުން އެންމެ މޮޅުވާ ދެޓީމް ފައިނަލަށް ހޮވޭ ގޮތަށެވެ.

ޓީމް ލެއްޗޭ

މިމުބާރާތް ބޭއްވުމަށްޓަކައި މީދޫ އިޖްތިމާއީ މަރުކަޒުގެ ވޮލީކޯޓް ވަރަށްބޮޑަށް ތައްޔާރުކުރެވިފައިވާއިރު މުބާރާތް ބޭއްވުމަށްޓަކައި ވޮލީ ކޯޓް ތައްޔާރުކުރުމުގައި މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ބައެއްކުޅުންތެރީންގެ ވަރަށްބޮޑު އެހީތެރިކަމާ ހުޅުމީދޫ ޕޮލިސްސްޓޭޝަނުގެ ވަރަށްބޮޑު އެހީތެރިކަން ލިބިފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނޭޕާލް އަތުން ފުރަތަމަ ފަހަރަށް ރާއްޖެ ބަލިވެއްޖެ

ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕުގައި ރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު 1 – 0 ން ...

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެ- އެފްއޭއެމް

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.  އެފްއޭއެމުން މިހެން ބުނެފައިވަނީ ރާއްޖޭގެ ...

އިމްރާން ކުޅުން ހުއްޓާލާމެޗްގައި ބައިވެރިވުމަށް ސަލްގާޑޯ ރާއްޖެ އަތުވެއްޖެ

ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ރާއްޖެ އަތުވެއްޖެއެވެ. ސަލްގާޑޯ ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ...