“އެންމެނަށް ހިޔާ ޔަޤީން” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް 10 ސެޕްޓެމްބަރު ވާ އަންގާރަ ދުވަހުގެރޭ ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ރައީސް ޔާމީން ކެމްޕެއިން އޮފީހުން ބުނީ މިޖަލްސާ ބާއްވަނީ ހުޅުމާލެ ފޭސް 2 ގައި މިހާރު ތަރައްޤީކުރަމުންދާ 25 ބުރީގެ 16 ޓަވަރު އިމާރާތް ކުރަމުންދާ ސަރަޚައްދުގައިކަމަށެވެ.

ރޭ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިޝްތިހާރެއްގައި ބުނާގޮތުން “ބްރިޖު މަތިން ހުޅުމާލެއިން ފޭސް 2” އަށް އައުމަށް ހުރިހާ ރައްޔިތުންނަށްވެސް ދަޢުވަތު އަރުވައެވެ.

މިދިޔަ ހުކުރުދުވަހުގެ ރޭވެސް ޕީޕީއެމްއިން ވަނީ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވާފައެވެ. “ބްރިޖު ސަޅި” މިނަމުގައި ބޭއްވި މިޖަލްސާއަށް 8 ހާހާ ގާތްކުރާ އަދަދަކަށް މީހުން އައިސްފައިވާކަމަށް ޕީޕީއެމްއިން ބުނެއެވެ. މިއީ ހަމައެކަނި މާލޭ އޭރިއާގެ މީހުންނަށް ޙާއްސަކޮށްގެން ބޭއްވި ޖަލްސާއެކެވެ.

ޕީޕީއެމްއިން ދަނީ ރައީސް ޔާމީނަށް ތާޢީދު އޮތް ރަސްމީ ސައިޒު ދައްކާލުމަށް ޖަލްސާއެއް ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން މިމަހުގެ 17 ނުވަތަ 18 ވަނަ ދުވަހުގެ ރޭ މިޖަލްސާ އޮންނާނެކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް ...

ކޮވިޑާ ގުޅޭ އިތުރު ފިޔަވަޅުތަކެއް އިޢުލާން ކުރުމަށް އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސެއް މިއަދު ހަވީރު

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، ސަރުކާރުން އަޅަން ނިންމާފައިވާ އިތުރު ފިޔަވަޅުތައް އިއުލާންކުރަން ހެލްތް އިމަޖެންސީ ...

ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައިފި

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ...