ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ ފޯމު ބާތިލުކުރީ ބައެއް ލިޔެކިޔުން މަދުވާތީ އާއި ވާދަކުރާއިރު ހުށަހަޅަންޖެހޭ 1500 މީހުންގެ ސޮއިގައިވެސް މައްސަލަތަކެއް އުޅޭތީ ކަމަށެވެ.
ހޮސްޕިޓަލިޓީ މެނޭޖުމަންޓާއި ގްލޯބަލް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހުސައިނަކީ މިހާރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފައިނޭންޝަލް ސްޓްރެޓެޖީސްގެ ސީއީއޯ އެވެ.
ފޯމު ބާތިލު ކުރުމުން އަލުން ފޯމު ހުށަހެޅުމަށް އިތުރު ފުރުސަތެއް ނަސީރަށް ލިބޭނެތޯ ސުވާލު ކުރުމުން އަކްރަމް ވިދާޅުވީ ފުރުސަތު އޮންނާނީ މިއަދު ހަތަރެއް ޖެހުމާއި ހަމައަށް ކަމަށެވެ.
އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ނަސީރު ވަނީ ކެމްޕޭނުވެސް ފައްޓަވާފައި އެވެ. އެގޮތުން މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަންވެސް މިހާތަނަށް ހާމަކުރައްވާފައި ވެ އެވެ.
ކޮމެންޓްސް (0)