މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުއްވާ ދެއްވައިފިއެވެ.

މިއީ މިހާތަނަށް ތަރައްގީކޮށްގައިވާ 86 ފުޓްސަލް ދަނޑުގެ ތެރޭގައި ހިމެނޭ 50 ދަނޑުކަމަށް ސަރުކާރުން ބުނެއެވެ.

50 ފުޓްސަލް ދަނޑު ހުޅުވާފައިވަނީ މިރޭ މިކަމަށްޓަކައި ދަރުބާރުގޭގައި  ބޭއްވުނު ރަސްމިއްޔާތެއްގައި  ރައީސް އަބްދުﷲ ޔާމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސްޕޯޓްސް އެރީނާގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް 434 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމުގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 86 ފުޓްސަލް ދަނޑާއި 49 ފުޓްބޯޅަ ދަނަޑާއި 93 ބަށި ކޯޓާއި 44 ނެޓްބޯޅަ ކޯޓާއި 11 ބާސްކެޓް ކޯޓާއި 83 ވޮލީ ކޯޓް ވަނީ ތަރައްގީ ކޮށްފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

ޔާމީން ފުލުހަށް ހާޒިރުކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްތަކުގެ ފޯކަސް ގެއްލުވާލަން – އަބްދުއްރަހީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ފުލުހަށް ހާޒިރު ކުރަނީ އިންޑިއާއި ދެމެދު ހެދި ޑީލްގެ ފޯކަސް ގެއްލުވާލަންކަމަށް ...

އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލަރގެ ބިޔަ މަޝްރޫޢެއް

އައްޑޫ ސިޓީގައި 2023ގެ ނިޔަލަށް 10 މެގަ ވޮޓްގެ ފްލޯޓިންގ ސޯލަރ އިންސްޓޯލްކޮށް ނިމޭނެ ކަމަށް މިނިސްޓަރ އޮފް ...