ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފި

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދިޔަ ޒުބައިރު ނަމަކަށް ކިޔާ އެ ދިވެހި މީހާގެ ބޯ ބުރިކޮށް މަރާލާފައިވަނީ މީގެ ދެ ހަފުތާ ކުރިން ސީރިއާގެ އިޑްލިބުގައެވެ.

އެނގިފައިވާ ގޮތުގައި ޒުބައިރު އަތުލައިގަނެ އޭނާގެ ބޯ ބުރުކޮށް މަރާލާފައިވަނީ ސީރިއާގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވާ ތަހުރީރް އަލްޝާމްއިންނެވެ. ޒުބައިރު އަސީރުކޮށްކޮށް އަދި އޭނާގެ ބޯ ބުރިކޮށް މަރާލުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް ތަހުރީރު އަލް ޝާމްއާއި ގުޅުން ހުންނަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އާއްމުކޮށްފައިވެއެވެ.
ބައެއް އޮންލައިން ނޫސްތަކުން ޒުބައިރުގެ މަރާބެހޭގޮތުން ގެނެސްދީފައިވާ ޚަބަރުތަކުގައި  ޒުބައިރު އަސީރުކޮށް އޭނާގެ ބޯ ބުރިކޮށް މަރާލާފައިވަނީ އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދަނިކޮށް ތަހުރީރު އަލްޝާމްގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު އޭނާ ގެންގޮސް ނަސޭހަތް ދިނުމަށްފަހު ވެސް އައިއެސްއާއެކު ހަނގުރާމަ ކުރުމުންނެވެ.
ސީރިއާއާއި އިރާގުގައި އައިއެސް ވަރަށް ބޮޑަށް ބަލިވެ ފަހަތަށް ޖެހިފައިވާ އިރު އަދި ވެސް ދޭތެރެ ދޭތެރެއިން ހަނގުރާމައަށް ސީރިއާއަށް ދިވެހިން ދެއެވެ. އޭގެތެރެއިން ބައެއް މީހުން އަތުލައިގަނެ ރާއްޖޭގައި ހައްޔަރު ވެސް ކުރެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ...

އަތޮޅުމަދަރުސާއިން 2021 ، 2022 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަށް ފާތުމަތު މަންހާ ސުހައިލް ހޮވިއްޖެ  

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ 2022،2021  ވަނަ އަހަރު ސ. އަތޮޅުމަދަރުސާއިން ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ...

އާގުބޯޓެއްގައި އޮތް ހާލުބޮޑު މީހަކު އެމްއެންޑީއެފުން ސ. ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

އިކުއެޓޯރިއަލް ގިނީ ގެ ޕޯޓް އޮފް ބާޓާ ބަނދަރުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުންދިޔަ ހޮންކޮންގ ގެ “އެމްވީ ޕްރޮސްޕެރިޓީ ...