މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

އެ އިދާއިރާއިން ބުނެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް އެހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާ ކުރެވޭކަމުގަ އެވެ.

ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރު ފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލުތިމާސްކުރެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް  ގއ. މާމެންދޫއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މާމެންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ...

ނަޝީދު ފިކުރެއްގެ ދިރުމަށް ތާއީދުކުރާ 4 މުޤައްރިރަކު ވަކިކުރަން ނިންމައި، ފިޔަވަޅު އަޅަން ފޮނުވައިފި

ރަށްޔިތުންގެ މަޖިލިހުގެ ކޮމެޓީތަކުގެ މުޤައްރިރުންގެ ގޮތުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ ...

އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫސިޓީގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއްކަމުގައިވާ، ހ. އަސްފަރު، އިދުރީސް ޤާސިމް (ތަރިކަ، މަރަދޫފޭދޫ / އައްޑޫސިޓީ) އަމިއްލައަށް އިސްނަންގަވައިގެން ...