ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެރޭ ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ” ގެ ނަމުގައި މީދޫ ފުޓްސަލް ދަނޑުގައި ފެށިގެން ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައިރޭވެސް 4 މެޗް ކުޅެވުނެވެ.

ރޭ ކުޅެވުނު ފުރަތަމަމެޗްގައި ބައްދަލުކުރީ އަޚުންނާއި ހުޅުމީދޫ ޕޮލިސްއެވެ. މިމެޗް 5 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ ހުޅުމީދޫ ޕޮލިސްއެވެ.

ރޭ ކުޅެވުނު ދެވަނަ މެޗްގައި ބައްދަލުކުރީ ބީރިކަނާއާއި ބްރަދާސް ޔުނައިޓެޑެވެ. މިމެޗް 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ބްރަދާސްޔުނައިޓެޑެވެ.

ރޭ ކުޅެވުނު 3 ވަނަ މެޗްގައި ބައްދަލުކުރީ ޓާމިނޭޓާއާއި ޔުނައިޓެޑް ބްރަދާސްއެވެ. މިމެޗް 9 ލަނޑު 5 ލަނޑުން ކާމިޔާބުކުރީ ޔުނައިޓެޑް ބްރަދާސާއެވެ.

ރޭ ކުޅެވުނު 4 ވަނަ މެޗްގައި ބައްދަކުރީ އާޔާއި އައްދާއި އާއި ގައުމު ވެޓްރެންސްއެވެ. މިމެޗް 17 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ އާޔާއި އައްދާއިއެވެ.

ރޭގެ މެޗްތަކަށްފަހު މިމުބާރާތުގައި ޕޮއިންޓް ސިސްޓަމަށް ކުޅެންޖެހޭ މެޗްތައް ކުޅެވަނީ ނިމިފައެވެ.

މިގޮތުން ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި 9 ޕޮއިންޓް ލިބިގެން ސެމީފައިނަލަށް ހޮވިފައިވަނީ ބްރަދާސް ޔުނައިޓެޑެވެ. ބްރަދާސް ޔުނައިޓެޑް ސެމީފައިނަލްގައި ބައްދަލުކުރާނީ ބްރޫޕް ބީން ދެވަނައަށް ހޮވުނު ޔުނައިޓެޑް ބްރަދާސްއާއެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި 12 ޕޮއިންޓް ލިބިގެން ހޮވިފައިވާ ހިރިގާ ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް އޭއިން ދެވަނަ ލިބުނު އާޔާއިއައްދާއި . އާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެއްވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ދެވަނަ ބުރަށް، ދެވަނަ ޓީމަކަށް ޕޯލަންޑް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި  ޕޮލެންޑު އަތުން 2-0 އިން މޮޅުވެ، ގަދަ 16 ޓީމްގެ ތެރޭގައި  އާޖެންޓީނާ ...

އިހަވަންދޫ އިޖްތިމާއީ މަރުކަޒު ނިމިއްޖެ- 31 މަރުކަޒެއްގެ މަސައްކަތް ކުރިއަށް

ބާރުވެރި އަމާން މުޖުތަމަޢެއް ބިނާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ރަށްރަށުގެ ކައުންސިލާއި ޒުވާނުން ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- ދެވަނަ މެޗް ކާމިޔާބުކުރީ ގއ. ޕޮލިސް

މިހާރު މީދޫގައި ކުރިއަށްދާ ” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ދެވަނަ މެޗް ގދ. ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. ...