އިންފުލުއެންޒާއަކީ ރައްކާތެރިކަމުގެ ފިޔަވަޅު ނޭޅިއްޖެނަމަ ފުރާނައަށް ނުރައްވާވާފަދަ ވައިރަހެއް

އިންފުލެންއެންޒާއަކީ  އިންފުލެއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށްޖެހޭ އަރިފުސް ރޯގާފަދަ ބައްޔެކެވެ. މިބަލީގެ އަލާމާތްތަކަކީ ހުންއައުމާ ، ކެއްސުމާއި ކަރުގައި ރިއްސުން ، ބޮލާއި ގައިގައި ރިއްސުންފަދަ އާއްމު ހުމުގެ އަލާމާތްތައް ކަމަށްވާއިރު އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ މިބަލީގެ ސަބަބުން ފުރާނައަށް ނުރައްވާވާފަދަ ހާލަތްތައް މެދުވެރިވެއެވެ.

އިންފުލެއެންޒާ އާއްމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިބިހި އަޅާއިރު ވައިގެތެރެއަށްދާ އިންފުލެއެންޒާ ޖަރާސީމު އެކުލެވޭ ކުޅު އެހެންމީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ.

މިބަލި އިތުރަށް ފެތުރުމަށް ފުރުސަތު އޮންނަނީ ބަލިޖެހޭ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ. މީގެ އިތުރުން ޖަރާސީމު އެކުލެވިފައިވާ ނުވަތަ ހަރުލާފައިވާ ތަނުގައި ނޭގި ނަމަވެސް އަތްލުމަށްފަހު ނޭފަތުގައި އަތްލުމުންވެސް ޖަރާސީމު ހަށިގަޑަށް އެތެރެވުމުގެ ފުރުސަތު ބޮޑުވެއެވެ.

މިބަލީގެ ސަބަބުން ކުޑަކުދީނާއި މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ފުއްޕާމޭގެ ބަލިތައްފަދަ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް މިރޯގާގެ ސަބަބުން ނުރައްވާވުމުގެ ފުރުސަތު ބޮޑުވެއެވެ.  އެހެންކަމުން ކޮންމެ މީހަކުވެސް މިބަލިން ރައްކާތެރިވުމަށް އަމިއްލަ ފަރުދީ ޒިންމާ އަދާކުރުން މުހިއްމެވެ.

މިގޮތުން ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިބިހިއަޅާއިރު މާސްކާ ޓިޝޫފަދަ ތަކެތި ބޭނުންކުރުމުގެ އިތުރުން އިންފުލެއެންޒާ ވެކްސިން ދުރާލާ ޖެހުމަކީވެސް މިބަލިން ރައްވާތެރިވުމަށް އަދާ ކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ.

މީގެ އިތުރުން އިންފުލެއެންޒާ ނުވަތަ އެހެންވެސް ހުމެއް އަދި ރޯގާއެއް ޖެހިއްޖެކަމަށް ޝައްކުވާނަމަ ގިނަ މީހުން އެއްވާތަންތަނަށް ދިއުމާ ބޭރަށް ދިއުން މަދުކޮށް ހުމާ ރޯގާ ރަގަޅު ނުވެ 3 ދުވަހަށްވުރެ ގިނަވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ ތިމާއާއި މުޅި މުޖްތައު ދުޅަހެއުކަންމަތީ ދެމެހެއްޓުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެމްބަރު ޝާހިދުއަށް ހުޅުދޫން ހޫނު މަރުހަބާއެއް ދަންނަވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ގިނަދުވަސްތަކަކަށްފަހު ރޭ ހުޅުދުއަށް ވަޑައިގެންފިއެވެ. ރޭ ޝާޑު ހުޅުދުއަށް ...

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ހުޅުމީދޫގައި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫގައި ބޭއްވި އަތު ގުޅާލުމަކާއި ހަމަހިމޭންކަމުގެ ސުކޫތެއް މިއަދު ހެނދުނު ...

ޕްރޮފެސަރު އުގެއިލްގެ ތާއީދު ރައީސް ޞާލިހަށާ އަސްލަމަށް

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވަން ޕްރޮފެސަރު ޙަސަން އުގެއިލް ...