ގަމުގައި ކުރިން މަސައްކަތް ކުރި އިނގިރޭސި ސިފައިންގެ ގްރޫޕެއް އިއްޔެ މީދުއަށް ޒިޔާރަތްކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ސ. ގަމުގައި ތިބި އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕެއް މިހާރު އައްޑޫސިޓީއަށް ކުރަމުންދާ ދަތުރުގައި އިއްޔެ މީދުއަށް ޒިޔާރަތްކޮށްފިއެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ޒިޔާރަތްކުރުމުން އެމީހުންނަށް މީދުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

އަދި މީގެ އިތުރަށް އިއްޔެ މީދުއަށް ޒިޔާރަތްކުރި އިނގިރޭސި ރޯޔަލް އެއާފޯސްގެ ގްރޫޕަށް އިއްޔެ މެންދުރުގެ ކެއުން ބާއްވާފައިވަނީ މީދޫ ” ރާފަޅާ ” ސަރަހައްދުގައެވެ. މިކެއުން އިންތިޒާމްކޮށްފައިވަނީ ރާފަޅާ ސަރަހައްދުގައި މަސައްކަތްކުރައްވާ މީދޫ ގްރޫޕްގެ ފަރާތުންނެވެ.

އިނގިރޭސި ރޯޔަލް އެއާފޯސްގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ކުރި ޒިޔާރަތުގައި މީދޫ ކަޅިބިތްފަރާތުގައި އެމީހުން ބޮޑުބަޑި ބެހެއްޓި ސަރަހަށްދަށް ގޮސް އެސަރަހައްދު ބަލާފައިވެއެވެ. އަދި މީގެ އިތުރަށް އެމީހުންނާއިއެކު އެދުވަސްވަރު ގަމުގައި މަސައްކަތްކުރި މީދޫގެ މީހުންނާއި ބައްދަލުކޮށް އެމީހުންނަށް ހަދިޔާ ދީފައިވެއެވެ.

އިނގިރޭސި ރޯޔަލް އެއާފޯސް( އާރްއޭފް)ގެ ސިފައިންގެ ގްރޫޕްގެ މީހުން އިއްޔެ މީދުއަށް ކުރި ދަތުރު އިންތިޒާމްކުރި ފަރާތުން ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ އެގްރޫޕްގެ މީހުން މީދުއަށް ޒިޔާރަތްކުރުމުން ބެހެއްޓި މެހުމާން ދާރީއާއި މީދުން އެމީހުންނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި އެމީހުން މީދޫގެ ރަށްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައިވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ހުޅުދޫ ކަބަލުންގެ ޕާކް  ސަރަހައްދުން މޫދަށް އެރުމަށް ހަދާފައިވާ ސިޑި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ހުޅުދޫ ކަބަލުންގެ ޕާކް  ސަރަހައްދުން މޫދަށް އެރުމަށް ހަދާފައިވާ ސިޑި . ...

އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީގެ ދަރިވަރުން މީދުއަށް ޒިޔާރަތްކޮށްފި

އޮސްޓްރޭލިޔާގެ ” ލެޓްރޯބް ޔުނިވަރސިޓީ ” ގެ  ދަރިވަރުން ތަކެއް މީދުއަށް ޒިޔާރަތް ކޮށްފިއެވެ. ” ލެޓްރޯބް ޔުނިވަރސިޓީ ...

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...