ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު- އަލީ އަޝްފާގް (ދަގަނޑޭ) – އަސްއަދުވެސް ޓީމަށް ދުރަށް!

ދެން ޤައުމީ ޓީމަށް ކުޅުމާ މެދު ގޮތެއް ނިންމޭނީ އެކަމާ ވިސްނުމަށް ފަހު ކަމަށް ޤައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ޤައުމީ ކޯޗާއެކު ޕްރެސް ކޮންފަރެންސްއަށް ނުދިއުމުން، ޓީމުން ވަކިކުރުމާ ގުޅިގެން އަޝްފާގް ބުނީ އެއީ އެކަމަށް އަޅަން ޖެހޭ ފިޔަވަޅު ކަމަށް ޤަބޫލް ނުކުރެވޭ ކަމަށެވެ. އަދި ޕްރެސްއަށް ނުދިއުމުން ކެޕްޓަން ކަމުގެ މަޤާމުން ވަކިކުރުމުގެ ފުރުސަތުވެސް އޮތް ކަމަށެވެ. އަދި ޕްރެސްއަށް ދާން އުނދަގޫ ވާހަކަ ކޯޗާ ޙިއްޞާކޮށްފައިވާނެކަމަށް އާއްމުކޮށްވެސް ޓީވީ އިންޓަރވިއުތަކާ ދުރު ކުޅުންތެރިޔާ ބުންޏެވެ. އަޝްފާޤު ބުނީ ޕްރެސްއަށްދާން އުޒުރުވެރިވުމުން ޓީމުގެ ކެޕްޓަން ކަމުގެ މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ކޯޗާ މަޝްވަރާވެސް ކޮށްފައިވާނޭކަމަށެވެ.

ޤައުމީ ޓީމުގެ ވައިސް ކެޕްޓަން އައްސަދު އަލީވެސް ވަނީ މިއަދު ކުއްލި ގޮތަކަށް ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އައްސަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރީ ޓްވީޓަރ މެދުވެރިކޮށެވެ. އެކަމާ ގުޅޭގޮތުން އޭނާގެ ބަހެއް ހޯދުމަށް ގުޅަން ކުރި މަސައްކަތް އޭނާ ފޯނަށް ޖަވާބުނުދޭތީ ކާމިޔާބެއްނުވިއެވެ. އައްސަދު ވަނީ ޤައުމީ ކޯޗާއެކު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ބައިވެރިވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަދަ 11 ކުޅުންތެރިންގެ ތެރޭގައި ކިނާނުއާއި އަޒާން

މިއަދު ނިމުނު ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ގަދަ 11 ކުޅުންތެރިންގެ ...

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ

ސިޔާސީ ޖަގަހައަކަށް ފެނަކަ ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު  ވިދާޅުވެއްޖެއެވެ. އަހުމަދު ސައީދު ...

ޕޮލިސްކަޕް 2019 ބޭއްވުމުގައި އެހީތެރިވި ފަރާތްތަކަށް ހަނދާނީ ލިއުން ދިނުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯ ތަކުން ފެނިވަޑައި ގަންނަވަނީ ޕޮލިސްކަޕް 2019  ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި  އެކިގޮތްގޮތުން އެހީތެރިވި ...