މޯލްޑިވިއަން އައިޑޮލް : ގަދަ 9 ގައި ނުހިމެނި ކަޓައިގެންދިޔައީ މުރުޝިދު

މޯލްޑިވިއަން އައިޑޮލްގެ ގަދަ ދިހައެއްގެ ޝޯވގައި ޖަޖުންނާއި އާންމުންގެ ވޯޓުން އެންމެ ދަށް މާކްސް ލިބުމާއި ގުޅިގެން މުރުޝިދު މޯލްޑިވިއަން އައިޑޮލްއިން ވަކިވާން ޖެހިއްޖެވެ.

މުރުޝިދު ރޭ ހުށަހެޅި ލަވައަށް ޖަޖުންގެ ފަރާތުން ވަރަށް ރަނގަޅު ކޮމެންޓްތަކެއް ލިބުނު ނަމަވެސް މިދިޔަ ހަފުތާގައި ވެސް ބޮޓަން ތިނަކަށް ދިޔަ މުރުޝިދު ހުކުރުދުވަހުގެރޭ ބޭއްވުނު ޝޯވގައި ހުށަހަޅައިދިން ލަވައަށް ޖަޖުން ކޮމެންޓް ކޮށްފައިވަނީ  އެހާރަގަޅަކަށް ނޫނެވެ.

ރޭގެ ޝޯވއަށްފަހު  މުރުޝިދު  ކަޓައިގެން ދިއުމުން އައިޑޮލްގެ ގަދަ ނުވައެއް ވަނީ ކަށަވަރުވެފަ އެވެ.

ގަދަ ނުވައެއްގައި ހިމެނިފައިވަނީ : އައިޝަތު އަޒަލް ޒާހިރު، ރައިހާން އާދަމް ، އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައިޝާ، އެވެ.

ރޭގެ ޝޯގައި 10 ބައިވެރިން ވެސް ވަނީ ޑުއެޓް ހުށަހެޅުންތަކެއް ހުށަހަޅައިދީފަ އެވެ. ރޭގެ ތީމަކީ ރޮކް އެންޑް ރޯލެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރަހަނާ ފޮޓޯ މައްސަލާގައި ރަންވީރު ފުލުހަށް ހާޒިރުވާން އަންގައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ސުވާލު ކުރުމަށް ފުލުހަށް ...

ގަދަ 16 ގެ 8 ބައިވެރިންގެ ހުށަހެޅުމާއެކު ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭފަށަނީ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ 22:30 ގައި ...

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...