ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގާ ކަންތައްތަކާ ނުބެހޭނަން: އިންޑިއާ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންތައްތަކަށް ފާޑު ކިޔާ، ވަކި ބޭފުޅަކަށް ތާއީދު ނުކުރާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާއާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މި ގުޅުން ސިފަ ކުރައްވާ ވިދާޅުވެފައިވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އެކުވެރިޔާ ކަމަށެވެ. އިންޑިއާއިންވެސް ވަނީ ރާއްޖެއާއި އެކީގައި އޮންނަނީ ސިފަކޮށްދެވޭ ވަރަށް ވުރެ ވަރުގަދަ ގުޅުމެއް ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މި ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގަމުން އަންނަ ކަންތައްތަކުގެ ތެރެއަށް އިންޑިއާއިން ވަންނަން ބޭނުންވާ ކަމަށާއި، ރާއްޖެއަށް އިންޑިއާގެ އަސްކަރީ ބާރުތައް ފޮނުވަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ބޭނުމަކަށްވީ މިވާހަކަތުގެ ސަބަބުން ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތަކުން އަޑަށް ބާރުލާފައި ދެއްކި ވާހަކަ އަކީ، އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމަލާ ސިތާރަމަން އާއި ގައިދީ މުހައްމަދު ނަޝީދާ ބައްދަލު ކުރައްވާ ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ވާހަކައެވެ.

އެހެންނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދާއި އިންޑިއާގެ ޑިފެންސް މިނިސްޓަރ ނިރްމަލާ ސިތަރަމަން އާއި ބައްދަލު ކުރެއްވީ ނޫން ކަމަށާއި ހަފްލާއެއްގެ ހަވާސާގެ ތެރެއިން ނަޝީދު ވަޑައިގެން ޑިފެންސް މިނިސްޓަރާއި ވާހަކަ ދައްކަވާ ފޮޓޯ ނެންގެވީ ކަމަށެވެ.

އަދި ނަޝީދު ކުރެއްވި ޓްވީޓެއްގައި އިންޑިއާގެ ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވާ ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށް ވަނީ ބުނެފައެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ނަން ހާމަ ކުރަން ބޭނުންނުވާ އޮފިޝަލަކު އިތުރަށް ވިދާޅުވީ،ރާއްޖޭގެ ސިޔާސީ މަސްރަހްގައި ހިނގަމުން އަންނަ ކަންތައްތަކުގެ ތެރެއިން އިންޑިއާއިން ވަކި މީހަކާ އެއްކޮޅަށް ބަސް ނުބުނާނެ ކަމަށެވެ.

ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެން މަނިކް ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖެއަށް އަންނާނެ ކަމަށް ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެކަން އެޤައުމުން ނުކުރާނެ ކަމަށާއި އިންޑިއާއިން އެއަށްވުރެ އިޙްލާސްތެރިވާނެ ކަމަށެވެ.

ދިވެހިރާއްޖެ އިނގެރޭސިންގެ އަތްދަށުން މިނިވަންވުމުން، ރާއްޖޭގެ މިނިވަންކަން ބަލައިގަނެ ރާއްޖެއާއެކީގައި އެންމެ ފުރަތަމަ ގުޅުން ގާއިމް ކުރީ އިންޑިއާއިންނެވެ. އިންޑިއާއަކީ ރާއްޖޭގެ ސަލާމަތަށް އަބަދުވެސް އިސްކަންދޭނެ ގައުމެއް ކަމަށް އެގައުމުން ބުނެފައިވާއިރު، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް އެގައުމުން ނުކުރާނެކަން ޔަގީނެވެ. ދިވެހިންނާއި އިންޑިއާގެ މީހުންނާއި ދެމެދު ސަގާފީ ގޮތުންނާއި، ބަހުގެ ގޮތުން، އަދި ދިރިއުޅުމުގެ ވައްޓަފާޅީގެ ގޮތުންވެސް އެއްގޮތް ގިނަ ކަންތައްތަކެއް ހުންނަ ކަމަށާއި، ދެގައުމުގެ ގުޅުން ކުރިއަށް އޮތްތާގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިޔާސީ ދާއިރާގައި އުޅުމަކީ ހުރިހާ ދިވެހީންނަށްވެސް ލިބިފައިވާ ހައްގެއް- އިސްމާއީލް އާސިފް

Advertisementއެންމެންނަށްވެސް އިންސާފްވެރި ޝަރީއަތްތަކެއް ކުރިއަށް ގެންދިއުމަށް ގޮވާލާނޭކަމަށް މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް ( އެމްޓީޑީ ) އިން ބުނެފިއެވެ. ...

ކައުންސިލްތައް ބާރުވެރި ކުރުވުމަށް ޚާއްސަ މިނިސްޓްރީއެއް އުފައްދާނަން

ރާއްޖޭގެ ކައުންސިލްތައް ބާރުވެރި ކުރުވާނެކަމަށާއި، އެކަން ކުރައްވާނީ ވަކި ޚާއްސަ މިނިސްޓްރީއެއް އުފައްދަވައިގެން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ...

ޝަރުތު ހަމަވާ އެންމެނަށް ފްލެޓް، ލިސްޓް އާންމުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ...