ވެމްކޯގެ ޑީއެމްޑީކަމުގެ މަގާމުގައި ހުންނެވި ރުކުމާ ފެނަކައިގެ ޑީއެމްޑީކަމަށް ބަދަލު ކޮށްފި

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.

ރުކުމާ ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވީ ކުރިން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ނާއިފް 15 އޯގަސްޓް 2024 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިނުގައި އޭޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ނާއިފް އެމަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ރުކުމާއަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރެއްވި މެންބަރު ވެސް މެއެވެ. ފެނަކައިން ވަނީ ނާއިފް ކުންފުންޏަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމާއެކު، އައު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރުކުމާއަށް މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން، މި މަހުގެ 9 ވަނަ ދުވަހު ކުންފުނިތަކުގެ ބޯޑުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑިރެކްޓަރު އަހުމަދު އީހާބު ވެސް ވަނީ މަގާމުތަކުން ވަކިކުރެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 17  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ތެޔޮ ޓޭންކަރެެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމީހާ އެމްއެންޑީއެފް ކޯސްޓްގާޑުން ހިތަދޫ ހޮސްޕިޓަލަށް ގެންގޮސްދީފި

ތެޔޮ ޓޭންކަރެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ރީޔުނިއަނުން ފުރައިގެން ...

” މަރުވެފައިވާ އެއްޗެއްގައި އަތްނުލައްވާނަން” – ނަޝީދު

މަރުވެފައިވާ އެއްޗެއްގައި އަތްނުލައްވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެވެ. ރާއްޖެން ބޭރުގައި ހިމާޔަތް ...