އިގިރޭސި ޕްރިމިއާލީގު : އާސެނަލްއާއި ސީޓި ވެސް މޮޅުވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލޫޓަން ޓައުން އާއި އާސެނަލް ބައްދަލުކުރިމެޗު އާސެނަލް ކާމިޔާބުކޮށްފިއެވެ.  އާސެނަލް މިމެޗް ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުންނެވެ.

ރޭގެ މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލްއަށް ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، އާސެނަލުން މިމެޗްގައި ކާމިޔާބުކުރި ދެ ވަނަ ލަނޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑަކީ  އާސެނަލްގެ އެމީލް ސްމިތު ރޯވް ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލޫޓާންގެ ޖަޕާން ޑިފެންޑަރު، ޑައީކީ ޔަޝިއޯކާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މިމެޗުން މޮޅުވުމުން އާސެނަލްއަށް ލިބިފައިވަނީ  30 މެޗުން 68 ޕޮއިންޓެވެ.

ޕްރެމިއާލީގުގައި ރޭ ސިޓީއާއި އެސްޓަންވިލާ ބައްދަލުކުރިމެޗު 4 ލަނޑު 1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ސިޓީއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ސިޓީން ލީޑުނެގީ 11 ވަނަ މިނިޓްގައި ރޮޑްރީ ޖެހި ގޯލުންނެވެ. އެކަމަކު މެޗްގެ 20 ވަނަ މިނިޓްގައި އެސްޓަންވިލާއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނަޑު އެޓީމަށް ކާމިޔާބުކޮށްދިނީ  ވިލާގެ ޖޯން ޑުރާން އެވެ.

 އަދި މެޗްގެ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ސިޓީން އެޓީމްގެ ދެވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިލަނޑު ހިލޭ ޖެހުމަކުން ފޯޑެން އެވެ.

މިމެޗުގެ 62 ވަނަ މިނިޓްގައި ސިޓީން ވަނީ ތިން ވަނަ ލަނޑު ކާމިޔާބުފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީފޯޑެން އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، ފޯޑެން އިތުރު ލަނޑެއް ޖަހައި، އޭނާ ހެޓްރިކް ފުރިހަމަކުރި އެވެ.

ސިޓީ މިމެޗުން މޮޅުވުމުން 29 މެޗުން އެޓީމަށް ލިބިފައިވަނީ  67 ޕޮއިންޓް ލިބިފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަންޑޭކަޕް ސްޓްރީޓް ފުޓްބޯޅަ މުބާރާތް

ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ހުޅުމީދޫ ޕޮލިސްއާއި މީދޫ މުލިމަތި ޖަމްއިއްޔާ ގުޅިގެން  ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ ދަނޑުގައި ބޭއްވި ...

ކޮވިޑް19 އަށް ފަރުވާ ހޯދަމުންދަނިކޮށް މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މާސޭގެ ކުރީގެ ރައީސް ޕަފޭ ޑިއުފް ...

ފުވައްމުލަށް ސިޓީ ޕޮލިސް ފައިނަލަށް، ތިން ވަނަ ސެމީގައި އައްޑޫޕޮލިސް އާއި ގދ. ޕޮލިސް

މިހާރު މީދޫގައި ހިގަމުންދާ ސައުތު ބްލޫޒް އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ފުވައްމުލަށް ސިޓީ ޕޮލިސް ...