މެމްބަރު އަހުމަދު ރަޝީދު އިންތިހާބުގައި އަލުން ވާދަކުރަން ހައި ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ.

ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން ރަޝީދު ވަނީ އޭނާގެ ފޯމް އަލުން ބަލައިގަތުމަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ނިންމީ އެކަން ބަލައިނުގަތުމަށެވެ.

އިލެކްޝަން ކޮމިޝަންގެ އެ ނިންމުމާ ދެކޮޅަށް އިންތިހާބީ ޝަކުވާއެއް އަހުމަދު ރަޝީދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ގޮތެއް ނުނިންމަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ފުރަތަމަ ތާވަލުކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، މަޖިލީހުން ވަނީ ރޯދަ މަސް ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އިންޓަރ ސްކޫލް މަދަހަ މުބާރާތް 1440 : 7 އަހަރުން ދަށުގެ 1 ވަނަ ޝަމްސުއްދީންސްކޫލްގެ މަރިޔަމް މާހީއަށް

އައްޑޫ އިންޓަރ ސްކޫލް މަދަހަ މުބާރާތުގެ 7 އަހަރުން ދަށުގެ  އެއްވަނަ  ޝަމްސުއްދީން ސްކޫލްގެ މަރިޔަމް މާހީ މުހައްދު ...

ކޮވިޑް 19- މިއަދު 67 މީހަކު ޕޮޒިޓިވްވިއިރު ބަލިން ރަގަޅުވެފއިވަނީ 16 މީހަކު

ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެ އިތުރު 16 މީހަކު ބަލިން ރަގަޅުވެއްޖެވެ. ...

ޝަރީއަތް ނިމެންދެން މައުމޫން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ސަރުކާރު ވައްޓާލަން ...