އިޔާޒުގެ ގާބިލްކަމާމެދު ޝައްކެތް ނުކުރަން- ފައިސަލް

އިޔާޒުގެ ގާބިލްކަމާދޭތެރޭގައި ޝައްކު ނުކުރައްވާކަމަށް ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެވެ.

ފައިސަލް މިހެންވިދާޅުވީ “އެންމެން ދޭކަށް ”  މިނަމުގައި އަލްއުސްތާޛު އިޔާޒް ނަސީމުގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ގޮތުން މީދޫގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިސަލް: މީދޫ ޒުވާނުންނާއެކު –

” ދެންމެ އިޔާޒު ދެއްކެވި ވާހަކަފުޅުން  އެކަން އަޅުގަޑަށް އެގިއްޖެ ، އެމަނިކުފާނަކީ މަޖިލިހުގައި ޕީޕީއެމް ، ޕީއެންސީ ސަރުކާރު ތަމްސީލްކުރަން މިދާއިރާގެ ރަށްޔިތުން ދައްކާފައިހުރި އެންމެ ރަގަޅު ކެނޑިޑޭޓްކަން  .  އަދި  ރަށްޔިތުންގެ މަޖިލިހުގައި ވަކާލާތުކުރަން އެންމެ ރަގަޅު އެއްކެނޑިޑޭޓްކަން ، ވީމާ އެމަނިކުފާނާއިއެކީގައި ސަރުކާރު މިއޮތީ ، އަޅުގަޑުމެންގެ މުޅިޕާޓީ މިއޮތީ އެމަނިކުފާނު ހޮވަން ކުރަންޖެހުނު ކޮންމެ މަސައްކަތެއްކުރަން “

ފައިސަލް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން  ފައިސަލް ވިދާޅުވީ ރަށްޔިތުންގެ މަޖިލިހުގެ މެޖޯރިޓީއާއި ނުލާ ވެރިކަންކުރުމަކީ ވަރަށް ދަތިކަމެއްކަމަށާ އަދި މަޖިލިހުގެ މެޖޯރިޓީ ނެތުމުން ކަންތައްތައް ވާގޮތް ދާދިފަހުން ފެނިގެންގޮސްފައިވާކަމަށެވެ.

” މަޖިލިހުގެ މެޖޯރިޓީ ނުލިބިއްޖެކަމަށްވާނަމަ އަޅުގަޑުމެން ވޭތުވެދިޔަތާގައި ކުރި މަސައްކަތަކީ ބޭކާރު މަސައްކަތަކަށް ވެގެންދާނެ ، މިހާރު މިއޮތް މަޖިލިހުން ދިވެހި ސަރުކާރަށް ކުރަމުންދާ ޖެއްސުން އެގޭނެ ތިޔަ އެންމެހާ ލޮބުވެތި ރަށްޔިތުންނަށް. އެކަން ހައްލުކުރުމަށްޓަކައި މަޖިލިހުގެ ސްޕަމެޖޯރިޓީ މިފަހަރު އަޅުގަޑުމެން ބޭނުންވޭ . އެކަންކުރެވޭނީ ހުޅުދޫ ގޮޑިއާއި މީދޫގޮޑިވެސް ލިބިގެން “

ފައިސަލް ވިދާޅުވިއެވެ.

އަދި މީގެ އިތުރަށް ފައިސަލް ވިދާޅުވީ އައްޑޫގައި ޕީޕީއެމް ޕީއެންސީ ފިކުރަށް އެންމެ ލޯތްބާއި ކުލުނު އޮންނަ ރަށަކީ މީދޫކަމަށާއެކަންއެބޭފުޅުންނަށް  ފާހަގަކުރެވިފައިވާކަމަށެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

ހުޅުދޫގައި މަރާމާރީއެއް ހިގައި އަނިޔާ ލިބުނު މީހާ އައްޑޫ ހޮސްޕިޓަލަށް ފޮނުވާލައިފި

ހުޅުދޫގައި މަރާމާރީއެއް ހިގައި އަނިޔާ ލިބުނު މީހާ އައްޑޫ ހޮސްޕިޓަލަށް ފޮނުވާލައިފި ތަފްސީލް އަންނަނީ

ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ. ...