ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފިއެވެ.

ސަރުކާރުން ވަނީ މި ސްކީމަށް ޝަރުތުހަމަވާ ހުރިހާފަރާތްތަކަށް ފުލެޓް ދިނުމަށް ނިންމާފައެވެ. 

ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ ފަރާތުން ކުރައްވާނެ ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

”ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު “ގެދޮރުވެރިން ޕޯޓަލް” އަށް ފޯމު ހުށަހެޅުއްވިއިރު ވެފައިވާ އިޤްރާރުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ، އެހެންކަމުން މި ދެންނެވި މަޢުލޫމާތު ކަށަވަރުކުރުމުގައި މިމިނިސްޓްރީގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުންދެއްވުމަށް ދަންނަވަން” 

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ވަގުތީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން “ގެދޮރުވެރިން ޕޯޓަލް”  މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވުމުގެ އިންތިޒާމު  8 އޯގަސްޓް 2023 އިން 22 އޯގަސްޓް 2023 ގެ 23:59 ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް އުފައްދާފައިވާ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ހުޅުމާލޭގައި 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފި

އައްޑޫ ސިޓީ މީދޫގައި ސަރުކާރުން އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށްފަށައިފިއެވެ. މިއަދު މީދޫގައި ބޭއްވުނު ...

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ރ. އިނގުރައިދޫ ފަޅަށް ވަންނަމުން ދިޔަ ސަފާރީއެއްގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ނެއްޓުމަށް މޫދަށް ފޭބި މީހަކު ސަފާރީގެ ...

ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުގެ މަރުހަބާ ތިނަދޫ ސިޓީއަށް

ގދ. ތިނަދޫ ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވުމާއި ގުޅިގެން އައްޑޫސިޓީ ކައުންސިލުން މަރުޚަބާ ދަންނަވައިފި ...