ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެރަށުގައި ބޭއްވި ޚަފްލާގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. އަދި މިހާރު ދައުލަތުގެ ބަޖެޓަށް ބަލާލުމުންވެސް އެކަން ދޭހަވާނެ ކަމަށް މޫސާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެކަމަށެވެ.

އިދިކޮޅު އެމް.ޑީ.ޕީ އުފެދުނީއްސުރެ އެޕާޓީގައި މުހިންމު މަސައްކަތްތައް ކުރައްވާ ޕާޓީގެ ޗެއަރޕާސަންކަންވެސް ކުރެއްވި މޫސާ މަނިކު ވަނީ މިޙަފްލާގައިވެސް އެމް.ޑީ.ޕީ އަށާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. އަދި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދެއްކިކަމަށާއި ނަމަވެސް އެކަން އެ ސަރުކާރުތަކުން ނުބައްލަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި، ޚާއްޞަ ފަރިއްކޮޅަކާއެކު މިރޭ ބޭއްވި ޚަފްލާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި ކުޅުއްދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ...

ޗިކާއަށް ސިޔާސީ މަގާމެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ނާފިޒު (ޗިކާ)އަށް ސިޔާސީ މަގާމެއް ދީފި އެވެ. ޗިކާ އައްޔަންކުރައްވާފައިވަނީ ފިޝަރީޒް ...

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފި

ފަސް ވަނަ ޓޫރިޒަމް މާސްޓާ ޕްލޭން ލޯންޗް ކޮށްފިއެވެ. މި މާސްޓާޕްލޭން ލޯންޗުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ...