ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ރޭ ކުޅެވުނު މެޗްތައް ކާމިޔާބުކުރީ ހުޅުދޫ އެފްސީއާއި މައިލޯ ސިޓީ

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭވެސް ދެމެޗް ކުޅެވުނެވެ.

 މިގޮތުން  ރޭ ކުޅެވުނު ފުރަތަމަމެޗް ކާމިޔާބުކުރީ ހުޅުދޫ އެފްސީއެވެ.

ހުޅުދޫ އެފްސީ  މިމެޗް ކާމިޔާބުކޮށްފައިވަނީ އެފްސީ ޒެފިއާއާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ހުޅުދޫ އެފްސީން  ކާމިޔާބުކުރި ދެލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ލީވާން އާއި އަލީ ލިރުއާމްއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ އެފްސީގެ އަލީ ލިރުއާމްއެވެ. ލިރުއާމަކީ ވަގުތުން ހިތަދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

 ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް – ހުޅުދޫ އެފްސީއާއި ޒެފިޔާ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ- އަލީ ލިރުއާމް

މިމުބާރާތުގައި ރޭ ކުޅެވުނު ދެވަނަ މެޗް ކާމިޔާބުކުރީ މައިލޯ ސިޓީއެވެ.

މައިލޯސިޓީ  މިމެޗް ކާމިޔާބުކުރީ އެސްކޭޕީ ޔުނައިޓެޑާ ބައްދަކުކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި މައިލޯ ސިޓީން ކާމިޔާބުކުރި  ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރަފާހުއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް މައިލޯސިޓީއަށް ލަނޑު ކާމިޔާބުކޮށްދިން  މުހައްމަދު ރަފާހުއެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް – އެސްކޭޕީ ޔުނެއިޓެޑާއި މައިލޯސިޓީ ބައްދަލުކުރިމެޗްގެ މޮޅު ކުޅުންތެރިޔާ- މުހައްމަދު ރަފާހު

މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ތިންމެޗެވެ.

މިރޭގެ ފުރަތަމަމެޗްގައި ބައްދަލުކުރާނީ އެސްކޭޕީ ޔުނެއިޓެޑާއި ޖަންތާ ގަރާޖެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ހުޅުދޫ އެފްސީއާއި ވައިކިންގުއެވެ. މިރޭ ކުޅެވޭ 3 ވަނަމެޗްގައި ބައްދަލުކުރާނީ ގައުމިއަންސް އާއި މައިލޯސިޓީއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަކީ ހުޅުދޫ ޒުވާނުން އިންތިޒާމްކޮށް ހުވަގު ޖަމްއިއްޔާ މެދުވެރިކޮށް ބާއްވަމުންދާ މުބާރާތެކެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ފޭސްބުކްގެ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ޕޭޖުން އިން ނަގާފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުއްލިޔާ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީސްޓީމަށާ ހިތަދޫ އަވަށު އަވަށު އޮފީސްޓީމަށް 

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ކުޅިވަރު މުބާރާތްތަކުގެ ...

ފުޓްސަލްއާއި ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފި

އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތަކުގެ ...

ޔޫތުޗެލެންޖް ކަޕް 2020- ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ކްލަސްޓާ އެފްސީ ސެމީފައިނަލަށް

” ޔޫތުޗެލެންޖް ކަޕް 2020 ” ގައި މިއަދު ހަވީރު ކުޅެވުނު މެޗް ކްލަސްޓާ އެފްސީ ކާމިޔާބުކޮށް ގްރޫޕް ...