މިއަހަރުގެ ފުރަތަމަ ހަނދުކޭތަ މެއި 5 ވާ ހުކުރުދުވަހުގެ ރޭ ހިފާނެ ކަމަށް ފަލަކީ ޢިލްމުވެރިން ވިދާޅުވެެއްޖެއެވެ.
މި ކޭތަ ހިފަން ފަށާނީ ހުކުރު ދުވަހުގެރޭ 20:14 އިން ފެށިގެންނެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ ހުކުރު ދުވަހުގެރޭ 22:22 ގައެވެ. ކޭތަ ހިފައިނިމޭނީ ހުކުރު ދުވަހުގެރޭ ދަންވަރު 00:31 ގައެވެ. .
މި ކޭތަ 4 ގަޑިއިރާއި 18 މިނިޓަށް ދިގު ދެމިގެންދާނެކަމަށް މައުލޫމާތު ލިބިފައިވާއިރު މި ހަނދު ކޭތަ ރާއްޖެއަށް ފެންނާނެއެވެ.
ސައިންސްވެރިން ބުނާގޮތުގައި، ހަނދު ކޭތަ ހިފަން މެދުވެރިވަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.
މިއަހަރުގެ ދެވަނަ ހަނދުކޭތަ ހިފާނެ ކަމަށް ލަފާ ކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހުއެވެ. .
ކޮމެންޓްސް (0)