ކިންގު ކަޕް  : ރޮނާލްޑޯގެ އަލްނަސްރު ކަޓައިފި     

ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު އަލް ވޭދާ އަތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުންދާ އަލް ނަސްރު ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ސެމީ ފައިނަލުގައި ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ރޭ ކިންގް ސައުދު ޔުނިވާސިޓީގެ އަލް އަވާލް ސްޓޭޑިއަމްގައި ކުޅެވުނު ސެމީގެ މިމެޗުގައި އަލް ވޭދާ އަތުން އަލް ނަސްރު ބަލިވެ މުބާރާތުން ކެޓީ  1-0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި އަލް ވޭދާ އިން ޖެހިލަނޑު  ޖަހާފައިވަނީ މެޗް 23 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ޖީންޑޭވިޑެވެ.

މިމެޗްގައި އަލް ނަސްރަށް ކުޅެމުން އަންނަ ބްރެޒިލްގެ ޓަލިސްކާ އަށާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށްވެސް ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ޚާއްސަކޮށް މި މެޗުގައި ލަނޑުޖަހަން  އެންމެ އެކަށީގެންވާ ފުރުސަތެއް ލިބުނީ ރޮނާލްޑޯ އަށެވެ. އެހެން ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ނުކުރެވި އަލްނަސްރުވަނީ މިމެޗުން 1-0 އިން ބަލިވެ މުބާރާތުން ކަޓާފައެވެ.

ސައުދީ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް އަލް ނަސްރަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން ގޯލެއް ނުޖެހި އެއްވަރުވި އިރު، އަލް ހިލާލްއާ ދެކޮޅަށް ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ނަސްރު އޮތީ ކުޅުނު 24 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް އަލް އިއްތިހާދުން ވަނީ 23 މެޗުން 56 ޕޮއިންޓު ހޯދައިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓްރާންސްފަރގެ ފަހު ދުވަސް، ކުޅުންތެރިން ހޯދުމަށް ކުލަބުތައް ކިޔު ހަދާފައި!

މިއަދަކީ ޔޫރަޕުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހެވެ. މިރޭ މެންދަމަށް ކުޅުންތެރިން ގަނެވިއްކުން ނިމުމަކަށް އަންނައިރު ބޮޑެތި ކުލަބުތަކުން ...

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް މާދަމާ ހަވީރު ފަށަނީ

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި ބާއްވާ ނެޓްބޯޅަ މުބާރާތް ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ...

އިތުރުވަގުތުގައި ދެލަނޑު ޖަހާ ވޭލްސް ބަލިކޮށް އިރާނަށް ވޯލްޑްކަޕުގެ ފުރަތަމަ މޮޅު!

އިތުރުވަގުތުގައި ޖެހި ދެލަނޑާއެކު އިރާނުން ވޭލްސް ބަލިކޮށް ގަތަރު ވޯލްޑްކަޕް 2022 ގެ ފުރަތަމަ މޮޅު ހޯދައިފި އެވެ. ...