މިހާތަނަށް ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި އުފެއްދި އެންމެ މައްސަލަ ބޮޑު ފިލްމު “ޕަދުމަވަތު” ގުޖުރާތުގައި ނާޅުވާނެ ކަމަށް ގުޖުރާތުގެ ޗީވް މިނިސްޓަރު ވިޖޭ ރޫޕާނީ ބުނެފި އެވެ.

މިއީ ރާޖަސްތާނަށްފަހު މި ފިލްމު ނާޅުވާން ބުނި، އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޓް އެވެ
މި ފިލްމު ނާޅުވާނެ ކަމަށް ނިންމާފައިވާ ސްޓޭޓްތަކުގެ ތެރޭގައި މަދްޔަ ޕްރަދޭޝް، އުއްތަރު ޕްރަދޭޝް އަދި ހަރިޔާނާ ހިމެނޭއިރު މި ފިލްމު ވެފައިވަނީ އިންތިހާއަށް މައްސަލަ ބޮޑު ފިލްމަކަށެވެ.

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް މުހިއްމު ކެރެކްޓާތައް ކުޅެފައިވާ މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ މި މަހު 25 ގައި އެވެ.

އިންޑިއާގެ އެކި ހިސާބުތަކުގައި މި ފިލްމު އެޅުވުން މަނާކޮށްފައިވާއިރު މި ފިލްމު ރިލީޒް ކުރުމުގެ ފައިނަލް ހުއްދަ ދީފައިވަނީވެސް ކުރިން މި ފިލްމަށް ކިޔާފައިވާ ނަން ކަމުގައިވާ “ޕަދުމަވަތީ” އިން “ޕަދުމަވަތު” އަށް ބަދަލު ކުރުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

ރިތިކްގެ “ސުޕަރ 30”

ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ...

ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ރޭ ދައްކައިފި

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 9 ބައިވެރިންގެ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ތިންވަނަ ޝޯވ ރޭ ދައްކައިފިއެވެ. ...