މީދޫގެ ގެތަކުން ފެނާއި ނަރުދަމާ ލާން އެދިއްޖެ

އައްޑޫ ސިޓީ މީދޫގެ މަގުތައް  ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާތީ  މިހާރު ފެނާއި ނަރުދަމާ ނުލެވި ހުރި ގެތަކުން ވީހާ ވެސް އަވަހަކަށް އެކަން ކުރުމަށް މީދޫ އަވަށު އޮފީހުން އަންގައިފި އެވެ.

އެ އޮފީހުން ނެރުނު ދެންނެވުމެއްގައި  ބުނެފައިވަނީ  މީދޫގެ ހުރިހާ ގެއަކަށް މިހާރު ފެނާއި ނަރުދަމާލުމަށް ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެހެންވެ އެހިދުމަތްތައް ގުޅުމަށް އެދިފައި ނުވާ ގޭބިސީތަކުން އެކަން ފެނަކަ ކޯޕަރޭޝަނާއި ގުޅިގެން ވީހާވެސް އަވަހަކަށް ކުރިއަށް ގެންދިއުމަށެވެ.

“ރަގަޅު ފެނަވަރަކަށް މަގުހަދައި ނިމުމުން ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގައި ދަތިތަކެއް މެދުވެރިވެ ޚިދުމަތައް އެދޭފަރާތުން ކުރަންޖެހޭ ޚަރަދު ބޮޑުވުމަކީ އެކަށީގެންވާކަމެއް ”  މީދޫ އަވަށު އޮފީހުގެ ފޭސް ފުބް ޕޭޖްގައި އާއްމުކޮށްފައިވާ ލިއުމުގައި ބުނެފައިވެއެވެ.

މީދޫގެ  މަގުތައް ރަގަޅު ފެނަވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު ކުރެވެމުންދަނީ މަގުތަކުގައި ކާނު ހެދުމުގެ މަސައްކަތެވެ،  

އައްޑޫގެ ސިޓީގެ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރަމުން އަންނަ މަސައްކަތެކެވެ. މި ވަގުތު މަގު ހެދުން އެންމެ ބާރަށް ކުރިއަށް ދަނީ ހިތަދޫ ފޭދު އަދި މަރަދޫ  މީދޫގަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ...

އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ...

މިސްކިތްތަކުގެ އިމާމުންވެސް ޑިގްރީފެންވަރަށް ކިޔަވަންޖެހޭގޮތް ހަދަނީ

ދިވެހިރާއްޖޭގެ މިސްކިތްތަކުގައި މުދިމުންގެ ގޮތުގައި މަސައްކަތްކުރައްވާ އިމާމުންވެސް ޑިގްރީ ފެންވަރަށް ކިޔަވަން ޖެހޭގޮތަށް ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅައިފިއެވެ. ...