މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެވެ
ރޮޒެއިނާ މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ކުނި ނެގުމަށް ވެކޯއާއެކު ސިޓީކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އާނުކުރަން ނިންމުމާއި ގުޅިގެން ވެމްކޯގެ އެތަށް ބަޔެއްގެ ވަޒީފާ ގެއްލިގެންދާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ހުށަހަޅުއްވަމުންނެވެ.
މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
މަގުތަކާއި އާންމު ތަންތަން ސާފުކުރަން ވެމްކޯއާއެކު މާލޭ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރު ޑިސެމްބަރު މަހަށް ހަމަވާތީ މާލޭ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުމުގެ މުއްދަތު އާ ނުކުރުމަށް ފާސްކޮށްފައެވެ. އަދި އޭގެފަހުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ.
ސިޓީ ކައުންސިލުގެ ނިންމުމާއި އެކު ވެމްކޯގެ ކުނިކެހުމުގައި މަސައްކަތް ކުރާ އެތައް ބަޔެއްގެ ޚާއްސަކޮށް ގިނަ އަދަދެއްގެ އަންހެން ބޭފުޅުންގެވަޒީފާ ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ކޮމެންޓްސް (0)