ކޮވިޑް19 އަށް ފަރުވާ ހޯދަމުންދަނިކޮށް މާސޭގެ ކުރީގެ ރައީސް މަރުވެއްޖެ

ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މާސޭގެ ކުރީގެ ރައީސް ޕަފޭ ޑިއުފް މަރުވެއްޖެވެ. 68 އަހަރުގެ ޑިއުފްގެ ހާލު ސީރިއަސްވެ ސެނެގޯލްގެ ހޮސްޕިޓަލެއްގައި އެޑްމިޑްކުރީ ބުދަދުވަހުއެވެ.

ރިޕޯޓްތައް ބުނާގޮތުން ޑިއުފް މަރުވެފައިވަނީ އިތުރު ފަރުވާ ހޯދުމަށް  އޭނާ ފްރާންސަށް ގެންދިއުމަށް  އޭނާގެ އާއިލާއިން ތައްޔާރުވަމުން ދަނިކޮށެވެ.

ޑިއުފް މާސޭގެ ރައީސްކަމަށް ހޮވުނީ 2005 ވަނަ އަހަރުއެވެ. 4 އަހަރުވަންދެން ރައީސްގެ ގޮތުގައި ހުރިއިރު މާސޭއިންވަނީ ލީގުތައްޓަށްވެސް ވާދަކޮށްފައެވެ. ލީގުގެ ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އެޓީމްވަނީ ލީގުގެ 2 ވަނަ ދެފަހަރެއްގެ މަތިން ހޯދާފައެވެ.

ރައިސްކަމަށް އައުމުގެ ކުރީން ޑިއުފަކީ ނޫސްވެރިއެކެވެ. އަދި ކުޅުންތެރީންގެ އެޖެންޓެއްގެ ގޮތުގައިވެސް އޭނާވަނީ މަސައްކަތްކޮށްފައެވެ.

މަސްދަރު: ޕީއެސްއެމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

” ކޮވިޑް 19 އާއި އަހަރެމެންނާއި ކޮންކަމެއް- މިކަހަލަ ކިތައް ބަލި އެބައުޅޭ ” އިބްރާހިމް ޒުބައިރު

ހުޅުމީދޫ ރަށްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމުގައި  އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ، ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާއި ހަވާލްވެ ހުންނެވި ...

ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އައްޑޫސިޓީގައި ބާއްވާ ބޮޑު އެއްވުން މިއަދު ހަވީރު

އައްޑޫ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެކީ ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ބާއްވާ ބޮޑު އެއްވުމެއް މިއަދު ހަވީރު ...

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގަނީ

މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ. ތަފްސީލް ...