ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވި 50 މީހުންގެ ތެރޭގައި ދިވެއްސަކު ހިމެނިއްޖެއެވެ.
ޔޫއޭއީގެ ނޫހެއްކަމުގައިވާ ޚަލީޖް ޓައިމްސް ނޫހުން ހާމަކުރާ ގޮތުގައި ކޮވިޑް-19 އަށް އެގަމުން އަލަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ރާއްޖޭގެ މީހަކު ހިމެނިފައިވާއިރު މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގެ މީހުން ވެސް އެގަމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެނޫހުން ވަނީ ހާމަކޮށްފައެވެ. ޔޫއޭއިން އަލަށް ކޮވިޑް 19 ޕޮޒިޓިވްވި މީހުންނަށް ފަރުވާ ދިނުމަށް މިހާރު ފަށާފައިވާ އޭގެ ތެރެއިން ދިވެހިމީހާގެ ހާލުރަގަޅުކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.
އެކުވެރި ޢަރަބި އިމާރާތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 45 މީހުން މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.
ކޮމެންޓްސް (0)