އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗު ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭ ޓީމް ކާމިޔާބުކޮށްފިއެވެ.
މީދޫ އިޖްތިމާއީމަރުކަޒުގެ ވޮލީ ކޯޓްގައި ކުޅެވުނު މިމެޗް ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭޓީމް ކާމިޔާބުކުރީ 3 ސެޓް 1 ސެޓުންނެވެ.
މިމެޗްގެ ފުރަތަމަ ސެޓް ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭޓީމް ހޯދާފައިވަނީ 25 -22 އިންނެވެ. އެހެންނަމަވެސް ދެވަނަސެޓް މީދޫޓީމް ހޯދީ 25-23 އިންނެވެ. 3 ވަނަ ސެޓް ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭ ޓީމް 25-12 އިން ހޯދުމަށްފަހު 4 ވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 25-17 އިންނެވެ.
މީދޫގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ ޔާސީނުގެ ކޯޗްކަމުގެ ދަށުގައި ކުޅެވުނު އަންނަ މީދޫ ވޮލީޓިމްގެ ކުޅުންތެރީންނަށް މިމެޗްގައި އެކަށީގެންވާ ކުޅުމެއް ކުޅެފައިނުވާއިރު އެންމެ 6 ކުޅުންތެރީން ހިމެނޭގޮތައް މީދުއަށް ޒިޔާރަތްކުރި ގުޅިފައިވާ ރަށްތަކުގެ ކުޅުންތެރީން ހިމެނޭޓީމްގެ ކުޅުންތެރީން މިމެޗްގައި ވަރަށް ރަގަޅު ކުޅުމެއް ކުޅެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މިމަހުގެ 12 ވަނަ ދުވަހު ކުޅެވުނު މިމެޗް ކުޅެފައިވަނީ ޓީމެއްގައި 3 އަންހެން ކުޅުންތެރީންނާއި 3 ފިރިހެން ކުޅުންތެރީން ހިމެނޭ ގޮތަށެވެ.
ކޮމެންޓްސް (0)