ސަރުކާރަށާ ޕާޓީއަށް ޚިދުމަތް ކުރުމަށް ކުރެވުނު މަސައްކަތްތަކަކީ ބޭކާރު މަސައްކަތްތަކެއް – ޝުކުރީ

advertisement

ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ސަރުކާރަށް ޚިދުމަތްކުރުމާއި ޕާޓީއަށް ޚިދުމަތްކުރުމަކީ ގެއްލުން ލިބުނު ބޭކާރު  ކަންތައްތަކެއްކަމަށާ އެކަން ތަޖުރިބާ ކުރެވި އަދި އެވަރުން ފުދިއްޖެކަމަށް ހުޅުދޫގެ މިހާރުގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ވިދާޅުވެއްޖެވެ.

ޝުކުރީ މިހެން ވިދާޅުވެފައި މިވަނީ އަންނަ އެޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލް އިތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީ ޕްރައިމަރީގައި ހުޅުދޫ ދާއިރާއަށް ވާދަކޮށް ބޮޑުތަފާތަކުން ބަލިވެފައިވަނިކޮށް ޝުކުރީގެ  ފޭސްބުކް ޕޭޖްގައި މިރޭ ލިއުއްވާފައި ވާލިއުމެއްގައެވެ.

ޕްރައިމަރީގައި ހުޅުދޫ ދާއިރާއިން ވާދަކުރާނެ ކެނޑިޑޭޓަކަށް  ޝުކުރީއަށް ވުރެ 329 ވޯޓް ގިނައިން ހޯއްދަވައިގެން ލިބިފައިވަނީ  ފައިޒްއަށެވެ. ފައިޒްއަށް 479 ވޯޓް ލިބިފައިވާއިރު ޝުކުރީއަށް ލިބިފައިވަނީ 150 ވޯޓެވެ.

ފައިޒް ޕްރައިމަރީގެ ޓިކެޓް ކާމިޔާބުކުރެއްވިއިރު ފައިޒްއާއި އެންމެ ގާތުން ވާދަކުރި އިރުޝާދު ( ކިރޭ ) އަށް ލިބިފައިވަނީ 247 ވޯޓެވެ.

އިބްރާހިމް ޝުކުރީއަށް މިފަހަރު ޕްރައިމަރީގައި ހުޅުދޫ ރަށްޔިތުން ނޫނެކޭ ބުނިކަމުގައި ވިޔަސް  އައްޑޫސިޓީ ކައުންސިލްގައި  ޝުކުރީ ހިމެނިގެން ހުޅުދުއަށް ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ހުޅުދޫ ރަށްޔިތުން ގަބޫލްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝުކުރީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެޖެންޑާ 19: އައްޑޫ ތަސައްވަރު ލޯންޗުކޮށްދެއްވުމަށް ރައީސް ސޯލިހު އައްޑުއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީސް އިންތިހާބުގެ ކެމްޕޭން އެޖެންޑާ 19 “އައްޑޫ ތަސައްވަރު” ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލޯންޗުކޮށްދެއްވާނެކަމަަށް އެމްޑީޕީން ...

ކޯވިޑް މެނޭޖް ކުރުމަށް ސަރުކާރުން ކުރާމަސައްކަތުން ރަގަޅު ނަތީޖާއެއް ފެނިގެންދާނެ- އިލްޔާސް ލަބީބު

ކޯވިޑުގެ ނުރައްކާތެރި ހާލަތުން އަރައި ގަތުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުން، މިބަލިމަޑުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ...

އައްޑޫސިޓީ ބްރިޖް: ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ ހިތަދޫއާއި ހުޅުދޫ މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫޢުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ...