ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.

މިއީ ވެރިކަމާއި ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ރައީސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވުމުން އެއާޕޯޓުގައި މަރުހަބާ ދެންނެވުމުގެ ގޮތުން ވަނީ އިންޑިއާގެ ސަގާފީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ހުންނަވާނީ އިންޑިއާގެ ރައީސްގެ ރަސްމީ ގެ ކޮޅު ރާސްތްރަޕަތީ ބަވަން ގައި އެވެ.

މި ދަތުރުފުޅުގައި މިއަދު ހަވީރު އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި އުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ އިންޑިއާގެ ވިޔަފާރިވެރިންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވާނެ އެވެ. އިންޑިއާ ސަރުކާރާއި އެކު ބާއްވަވާ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ އެވެ.

އެގޮތުން މާދަމާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަސްމީކޮށް ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުން އޮންނާނެ އެވެ.. އަދި އިންޑިއާގެ ރައީސާ ވެސް މާދަމާ ބައްދަލުކުރައްވާނެ އެވެ.

ރައީސް ސޯލިހު މި ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ މި ދަތުރުފުޅުގައި އަބަދުވެސ އިންޑިއާއިނަ ރާއްޖެއަށް އެހީތެރިކަން ދޭ ދާއިރާތައް ކަމަށްވާ ޞިއްޙީ ދާއިރާއާއި، ސަގާފީ ކަންކަމާއި، ދިފާއީ ކަންކަމުގައި، މިދަތުރުގެ ސަބަބުން މިހާރަށް ވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި ...

ކޮވިޑް-19: ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް – މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން  އިއްޔެ ނިޔަލަށް 1603073 މީހުންނަށް ޖެހިފައިވާއިރު ...

ގައުމު ސްޓްރީޓް ކަޕް – ލޮތަރި އެފްސީގެ ފުރަތަމަމެޗް ކާމިޔާބުކޮށްފި

ގައުމު ސްޓްރީޓް ކަޕްގައި މިރޭ ކުޅެވުނު ގްރޫޕް ސީ ގެ މެޗް މީދޫ ލޮތަރި އެފްސީ ކާމިޔާބުކޮށްފިއެވެ. މީދޫ ...