އައްޑޫ ސިޓީ މަރަދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މަރަދޫ ސިއްޙީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ އާރިފްއެވެ. މަރަދޫ ސިއްޙީ މަރުކަޒުގައި ޤާއިމްކުރި ލެބޯޓަރީން ޢާންމުކޮށް ހެލްތު ސެންޓަރުތަކުގެ ލެބޯޓަރީން ހެދޭނެ ހުރިހާ ޓެސްޓުތަކެއް ހެދޭނެކަމަށް މަރަދޫ ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.
މަރަދޫ ސިއްޙީ މަރުކަޒުގެ ލެބޯޓަރީ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރ ޝާހް ސަޢީދު ވިދާޅުވީ މަރަދޫ ސިއްޙީ މަރުކަޒާއި ލެބޯޓަރީން ޢާންމުކޮށް ހަދަންޖެހޭ ހުރިހާ ޓެސްޓްތަށްވެސް ހެދޭނެކަމަށެވެ. އެހެންނަމަވެސް އެ ސިއްޙީ މަރުކަޒުން ނުހެދޭ ޓެސްޓްތައް ހެދޭނެ އިންތިޒާމް އެ ސިއްޙީމަރުކަޒުން ހަމަޖައްސާނެ ކަމަށެވެ.
“އެހެންނަމަވެސް މިކޮޅަށް އަންނަ ބަލިމީހުން އަނބުރާ ފޮނުވައެއް ނުލާނަށް. މިކޮޅުން ހެދެން ނެތް ޓެސްޓެއް ބަލިމީހާ ހަދަން ޖެހުނަސް އަނބުރާ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުގެ ހުރިހާ އިންތިޒާމެއް މިކޮޅުން ހަމަޖައްސައިދޭނެ. މިތަނުން ދެވެން ހުރި ޚިދުމަތެއް ދެވޭނެ ވަގުތުން ވަގުތަށް ހަމަ އެދުވަހު،” ޝާހް ވިދާޅުވިއެވެ.
2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ހަމައަށް ސިއްޙީ ދާއިރާއަށް ޚަރަދުކޮށްފައިވަނީ 255 މިލިއަން ރުފިޔާއެވެ. ނަމަވެސް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ސިއްޙީ ދާއިރާއަށް އެކަނިވެސް ފަސް 16.1 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ކޮމެންޓްސް (0)