މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 5 ބައިވެރިންނާއެކު ގާލާ ރައުންޑްގެ ފަހުޝޯވ މިރޭ !

ގަދަ 5 ބައިވެރިންގެ ހުށައެޅުންތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ ފަހު ޝޯވ މިރޭ އޮންނާނެއެވެ.

މިރޭ 22:30 ވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިވާ ގާލާ ރައުންޑުގެ 7 ވަނަ ޝޯ އަކީ  ކުރީގެ ޝޯވތަކާއި ޚިލާފަށް 2 ތީމަކަށް ކޮންމެ ބައިވެރިއަކުވެސް 2 ލަވަ ހުށައަޅައިދޭގޮތަށް ކުރިއަށް ގެންދާނެ ޝޯވއެކެވެ.

މިގޮތުން މިރޭގެ ޝޯވ ހާއްސަކޮށްފައިވާ 2 ތީމަކީ “ފޭންސް ޗޮއިސް” އަދި “ދަ ސޯންގް ދެޓް އިންސްޕަޔަރޑް މީ”އެވެ.

މިރޭގެ ޝޯވއަށްފަހު މަދަމާ ރޭގެ އެލިމިނޭޝަން ނައިޓާއެކު ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ ދަށުން ޕޮއިންޓް ލިބޭ 2 ބައިވެރިއަކަށް އައިޑަލްގެ މި ދަތުރު ނިމި މި ފަހަރުގެ ސީޒަންގެ ގަދަ 3 ބައިވެރިން ކަށަވަރުވާނެއެވެ.

އައިޑަލްގެ ސީޒަން ތިނެއްގެ ގަދަ 5 ގައި ވާދަކުރަނީ 3 އަންހެން ބައިވެރިންނާއި، 2 ފިރިހެން ބައިވެރިން.ނެވެ އެއީ އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ. މި 5 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް އޮންނާނެއެވެ.

މި ބައިވެރިންނަށް ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދެއަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ އެނބުރި އަންނަނީ

ގިނަ ފިލުމަތެއްގައި މޮޅު އެކްޓިންއެއް ދެއްކި ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީގެ އެނބުރި އައުން ވަރަށް އަވަސް ކަމަށާއި، ...

ހޮލީވުޑްގައި ހިންގަމުންދާ ޖިންސީ ފްރައްސާރައިގެ އަމަލުތަކުގެ ވާހަކަތައް ފެންމަތިވި ފަހުން ފުރަތަމަ ބޭއްވި ބޮޑު އެވޯޑް ހަފްލާއަކީ ގޯލްޑަން ...

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ރޭ ޕްރިމިއަރކޮށްފި

މޯލްޑިވިއަން އައިޑަލް ތިންވަނަ ސީޒަން ރޭ ޕްރިމިއާކޮށްފިއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޝޯވތަކުގެ ތެރެއިން ރޭ ދައްކާފައިވަނީ ...