ޝަމްސުއްދީން ސްކޫލްޓީމު ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެއްޖެ

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމު ކުޅުނު ފުތަރަމަމެޗުން އެޓީމު ބޮޑުތަފާތަކުން ބަލިވެއްޖެވެ.

އިއްޔެ މެންދު ހިތަދޫ ސްޓޭޑިއަމްގައި ކުޅެވުނު މެޗުން ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމު ބަލިވެފައިވަނީ ހިތަދޫ ސްކޫލްގެ 14 އަހަރުން ދަށުގެޓީމާ ބައްދަލުކޮށް 6 ލަނޑު 0 ލަނޑުންނެވެ.

” ޝަމްސުއްދީން ސްކޫލް އިއްޔެގެ މެޗްގައި ބޮޑުތަފާތަކުން ބަލިވެފައިވަނީ އެސްކޫލްގައި މިއަހަރު ގްރޭޑް 8 އުފައްދަން ލިބުނު ފުރުސަތުގައި ގްރޭޑް 8 ނުއުފެއްދުމުން މިދިޔަ އަހަރު ޝަމްސުއްދީން ސްކޫލްޓީމަށް ކުޅުނު ގިނަ ކުޅުންތެރީން އަތޮޅުމަދަރުސާއަށް ބަދަލުވުމާއި ގުޅިގެން . އިއްޔެ އަހަރެމެންނާ ބައްދަލުކޮށް މޮޅުވި ހިތަދޫސްކޫލްގައި މިއަހަރު ގްރޭޑް 8 އުފެއްދުމުން މިދިޔަ އަހަރު އެޓީމަށް ކުޅުނު ހުރިހާ ކުޅުންތެރީންވެސް އެޓީމުގައި ހިމެނު. –އަހަރެމެންޓީމާ އެޓީމާ ދެމެދު އުމުރުގެ ތަފާތު  ހުރުމުން އެހާތަފާތުބޮޑުކޮށް އަހަރެމެން ބަލިވީ . އަހަރެމެން ޓީމުގައި ގިނައިން ތިބި ކުޅުންތެރީންގެ އެވްރެޖް އުމުރަކީ 12 އަހަރު ”

އިއްޔެ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި ޝަމްސުއްދީން ސްކޫލްޓީމްގެ ކޯޗް އަހުމަދު ރަޝީދު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.

އިއްޔެ ހިތަދޫ ސްކޫލްޓީމާއި ބައްދަލުކޮށް ތަފާތު ބޮޑުނަތީޖާ އަކުން ބަލިވި ޝަމްސުއްދީން ސްކޫލްޓޫމަކީ ވޭތުވެދިޔަ ދެއަހަރު އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެވެ.

މިދިޔަ އަހަރު ޝަމްސުއްދީން ސްކޫލްގެ 13 އަހަރުން ދަށުގެ ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ޝަރަފުއްދީން ސްކޫލާއި ވާދަކޮށް 1-0 ލަނޑުން މޮޅުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސެމީފައިނަލްގައި މީދޫ ޓީމާ ވާދަކުރާނެ ޓީމަކަށް ފޭދޫ ވޮލީޓީމް ހޮވިއްޖެ

މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫގައި ބާއްވާ ” އައިވީ މިކްސްޑް ވޮލީކަޕް 2020 ” ...

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް- ހުޅުދޫއެފްސީއާއި މައިލޯސިޓީ މޮޅުވިއިރު ޖަންޓާ ގަރާޖާއި އެސްކޭޕީ ޔުނައިޓެޑްއެއްވަރު

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅެވުނު ފުރަތަމެޗް ނިމުނީ ދެޓީމް އެއްވަރުވެގެންނެވެ. ރޭ ކުޅެވުނު ...