މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތަކަށް ނުހޮވި މުނާޒް މި މުބާރާތުން ކަޓައިފިއެވެ.

އައިޑަލް ސީޒަން ތިނެއްގެ ގަދަ 7 އިޢުލާންކޮށްފައިވަނީ މިރޭ ބޭއްވި ގާލާ ރައުންޑުގެ 4 ވަނަ އެލިމިނޭޝަން ނައިޓުގައެވެ.

އައިޑަލްގެ ކުރިއަށް އޮތް ރައުންޑަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގާލާ ރައުންޑުގެ 4 ވަނަ ޝޯވ “ޖަޖަސް ޗޮއިސް” މި ތީމަށް ޙާއްސަކޮށްގެން ރޭ ބޭއްވިފައިވާއިރު ، ރޭގެ ޝޯވ  ބޭއްވިފައިވަނީ  4 ޖަޖުންގެ މެދުގައި ގުރުއަތުލައި، ކޮންމެ ޖަޖަކުވެސް  ގަދަ 8 ބައިވެރިންގެ ތެރެއިން 2 ބައިވެރިއަކު ތަމްރީންކުރާގޮތަށެވެ.

އެގޮތުން ރައިހާން އަދި ޝަހުދާން އުނޫޝާ ތަމްރީންކޮށްދީފައިވާއިރު، ނައުޝާދު އަދި ސައިނާ ތަމްރީންކޮށްފައިވަނީ އައްފާނެވެ. އައްމަޑޭ ތަމްރީންކޮށްފައިވަނީ އަޒަލް އަދި ތަސްލީމެވެ. އަދި މުނާޒާއި މައީޝާ ތަމްރީންކޮށްފައިވަނީ މިއަހަރު މުޅިން އަލަށް ޖަޖިން ޕެނަލާއި ގުޅުނު ޒާރާއެވެ.

ގާލާ ރައުންޑުގެ 4 ވަނަ ޝޯވ ޖަޖުންގެ ހޮވުންތަކަށް  ޚާއްސަކުރެވުނުއިރު ، ބައިވެރިންގެ ފަރާތުން ތަފާތު ހުށައެޅުންތަކެއް ފެނިގެންގޮސްފައިވެއެވެ.

އައިޑަލްގެ މިފަހަރުގެ ގަދަ 7 މިހާރު ޔަޤީންވެފައިވާއިރު، މިރޭ އެލިމިނޭޝަން ނައިޓުގައިވެސް ބައިވެރިންގެ ފަރާތުން ރީތި ލަވަތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މިރޭގެ ޝޯވ ޚާއްސަކޮށްފައިވަނީ “ފުޓްބޯލް ފީވަރ” މި ތީމަށެވެ. މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މިއުޒިކް އިންޑަސްޓްރީގައި 30 އަށްވުރެ ގިނަ އަހަރު ހަރަކާތްތެރިވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަބްދުއްރަޝީދު ޢަލީ (އަބްސީ)އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކައިވެންޏަށް ވަގުތެއް ނެތް

ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރްމާ އާއި ކްރިކެޓް ކެޕްޓަން ވިރާތު ކޯލީގެ ކައިވެންޏަށް ފަހު މިހާރު އެންމެ ގަދައަށް ...

ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ...

މީޑިއާނެޓްގެ “ސްޓޭ ހޯމް ޕެކޭޖް”: އިތުރު އެއް މަސް ދުވަހަށް 12 ޗެނަލް މުޅިން ހިލޭ!

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގެ ހާލަތު ވަރަށް ބޮޑުތަނުން ބަދަލުވެފައިވާތީ، މީޑިއާނެޓުން މުޅިން ހިލޭ ފޯރުކޮށް ދެމުން ދިޔަ ...