ދިރާގުން އެ ކުންފުންޏާއި އަލަށް ގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ހިލޭ ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައި ސޯޝަލް މީޑިޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކުރިން ލިބެމުންދިޔަ ތިން ޖީބީގެ ބަދަލުގައި މިހާރު ފަސް ޖީބީ ލިބޭނެ އެވެ.
ދިރާގުން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބަދަލުގެ ދަށުން ފަސް ޖީބީގެ ޑޭޓާ ލިބޭނީ ހަމައެކަނި ދިރާގާއި ޕްރޮމޯޝަނުގެ މުއްދަތުގައި އަލަށް ގުޅޭ ކަސްޓަމަރުންނަށް ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ
ކޮމެންޓްސް (0)