ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އައްޑޫގެ ކަމާއިގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި

އައްޑޫ ސިޓީގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު އެސިޓީގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރައްވައިފިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވަނީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރާއި ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ އިތުރުން އިމިގްރޭޝަންގެ ފަރާތުންވަނީ އައްޑޫ ސިޓީ ފުލުހުންގެ ޚިދުމަތުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. އެގޮތުން އައްޑޫ ސިޓީ ކޮމާންޑަރ މުޙައްމަދު މަސްއޫދާއެކު ބޭއްވި ބައްދަލުވުމުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދާ ރެއިޑްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މިހާރުވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް “އިމިގްރޭޝަން ވޮޗް”ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް އިމިގްރޭޝަނުން ވަނީ އިފްތިތާހުކޮށްފައެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަވެއްޖެނަމަ އަވަހަށް ރިޕޯޓްކުރުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

ސަރުކާރުގެ އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަލާމަތީ ބާރުތަކުގެ މުސާރަތައް ބޮޑުކުރައްވަނީ

ސިފައިންނާއި ފުލުހުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވަމުންދާކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާ، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ...

60 ފަރާތަކަށް ބީއެމްއެލްގެ ފަރާތުން މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ...

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލް ހުށަހަޅަނީ

މަޖިލިސް ހުޅުވުމުގެ ކުރިން ޓެކްސް ބޮޑުކުރުމުގެ ބިލްް ހުށަހެޅުމަށް ނިިންމާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. ޓީޖީއެސްޓީ އަދި ޖީއެސްޓީ ...