މިއަދަކީ ވޯލްޑް ބައިސިކަލްޑޭގެ ގޮތުގައި ފާހަގަކުރާ ދުވަސް – ކަރީމްވަނީ 40 އަހަރު މެދުނުކެނޑި ބައިސިކަލް ދުއްވާފައި

މިއަދަކީ ވޯލްޑް ބައިސިކަލްޑޭ ގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަހެވެ.
ބައިސިކަލް ޑޭގެ ގޮތުގައި މިއަދު ފާހަގަކުރަމުންދާއިރު މީދޫގައި ވެސް މެދުކެނޑުމެއްނެތި ބައިސިކަލް ދުއްވާތާ ގިނަ ދުވަސްވެފައިވާ މީހުން ތިބިކަން ފާހަގަކޮށްލަން ޖެހެ އެވެ.
މީގެތެރެއިން ގުރުއާން މުދައްރިސް މުހައްމަދު އަބްދުލް ކަރީމަކީ 1984 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 40 އަހަރު ބައިސިކަލް ދުއްވަމުން އަންނަ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.
އެހެންކަމުން ކަރީމް ބައިސިކަލް ދުއްވުމުގައި ހޭދަކުރި 40 ފާހަގަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

މިކަން އެންމެ ބޮޑަށް ފާހަގަ ކުރަންޖެހޭ ފަރާތްތަކަކީ ކަރީމް ގިނަދުވަސްވަންދެން މަސައްކަތް ކުރި ސްކޫލު ތަކުގެ މެނޭޖްމެންޓުތަކުންނެވެ.

Next: ފައިސާ ނުލިބިގެން އައްޑޫ މަސްވެރިން އިހުތިޖާޖުކޮށްފި